Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވެކްސިން ޖެހި އެއްވެސް މީހަކަށް ސީރިއަސް ސައިޑް އިފެކްޓެއް ދިމަލެއް ނުވޭ: ޑރ.ނަޒްލާ

ވެކްސިން ޖެހި އެއްވެސް މީހަކަށް ސީރިއަސް ސައިޑް އިފެކްޓެއް ދިމަލެއް ނުވޭ: ޑރ.ނަޒްލާ

ރާއްޖޭގައި ކޮވިޑް19 އާ ދެކޮޅަށް ކޮވިޝީލްޑް ވެކްސިން ޖެހި އެއްވެސް މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ފަދަ ސީރިއަސް ސައިޑް އިފެކްޓެއް ދިމާވެގެން ރިޕޯޓު ކޮށްފައި ނުވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިރޭ އޮތް އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެފަދަ ކަމެއް ދިމާ ނުވި ނަމަވެސް ވެކްސިން ޖެހި މީހުންގެ ފަރާތުން ވަރުބަލިވުމާއި، ވެކްސިން ޖަހާ ތަނަށް ތަދުވެ ރަތްވުމާއި، ހުން އައުން ފަދަ އަސަރުތައް ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ދިމާވި ފަރާތްތަކަށް ވެސް ފަރުވާ ދެވިފައި ވާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ވެކްސިންގެ ސަބަބުން އެއްވެސް ކަމެއް ފާހަގަ ވާނަމަ، ނުވަތަ އެލާޖިކް ރިއެކްޝަންއެއް ކުރިމަތިވާނަމަ 1676 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑަށް ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައި ވަނީ މިދިޔަ ހޯމަދުވަހު އެވެ. ރާއްޖޭގައި މިވަގުތު ދެމުން ދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ، އަދި ރާއްޖެއަށް ހަދިޔާ ކޮށްފައިވާ އަސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 2،898 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. އަދި މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 9،752 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 7،963 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 1،789 މީހުންނަށް ވަނީ ވެކްސިން ދީފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް