އިންޑޮނޭޝިއާގައި މި ހެދުނީ ލޭ ކޯރެއްތަ؟

އިންޑޮނޭޝިއާގެ އަވަށެއްގައި ރަތް ކުލައިން މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
ޖެންގޯތު އަވަށުގެ މަގުތަކުގައި ރަތް ކުލައިގެ ފެނުން ފެން ބޮޑުވެފައިވާއިރު، ބަލާލާ މީހަކަށް ސިފަ ވާނީ ލޭގެ ކޯރެއް ހެދިފައިވާ ތަނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ ސަރަހައްދުގައި ރަތް ކުލައިން ފެން ބޮޑުވާން މެދުވެރިވީ، އެ އަވަށުގައި ހުންނަ ކުލަ އުފައްދާ ފެކްޓަރީއެއްގައި ފެންބޮޑުވުމާ ގުޅިގެން ކުލަތައް ބޭރުވުމުންނެވެ.
ގިނަ ބައެއްގެ ސަމާލުކަމަށް މިހާރު މި ސަރަހައްދުގައި ފެންބޮޑުވަމުން އަންނަ ފޮޓޯތައް އައިސްފައިވާއިރު، ޓްވިޓާގައި މި ފޮޓޯތައް އަންނަނީ ވައިރަލް ވަމުންނެވެ.