ޚަބަރު

ކޮވިޑް-19: ސީއެޗްއެސްއީގެ ދަރިވަރަކު ފައްސިވެ، އެ ކުލާހުގެ ހުރިހާ ދަރިވަރުން ކަރަންޓީނަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސީއެޗްއެސްއީ ގެ ދަރިވަރެއް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

"ދެން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވި ދަރިވަރު ކިޔަވަމުންދާ ކުލާހުގެ ހުރިހާ ދަރިވަރުން މިވަގުތު ތިބީ ކަރަންޓީންގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 ޓެސްޓް ކުރުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން އެކުއްޖާ ވަނީ އިއްޔެ ސުކޫލަށް ގޮސްފައެވެ.

"ސީއެޗްއެސްއީ" ގެ ބެލެނިވެރިޔަކު ބުނެފައިވަނީ ޑައިރެޓް ކޮންޓެކްޓްވީ 3 ދަރިވަރުން ކަމަށާއި ނަމަވެސް ރައްކާތެރިކަން ކަށަވަރު ކުރުމަށް ފައްސިވި ދަރިވަރުގެ ކުލާހުގެ ހުރިހާ ކުދިން ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި އޮންލައިންކޮށް ކްލާސް ކުރިޔަށް ގެންދަން ނިންމާފައިވާ ކަން ސުކޫލުން އަންގާފައިވާ ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.

ރާއްޖެއިން މިހާތަނަށް 16،909 އަށް ފައްސިވެފައިވާއިރު، މިހާރު ރާއްޖޭގައި މިބަލި ޖެހި، ފަރުވާ ހޯދަމުންދާ 2،075 މީހުން ތިބިކަން ފާހަގަ ކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!