Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19: ހިތަދޫން އިތުރު 2 މީހަކު ފައްސި ވެއްޖެ

ކޮވިޑް-19: ހިތަދޫން އިތުރު 2 މީހަކު ފައްސި ވެއްޖެ

އައްޑޫ ސިޓީ ، ހިތަދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ކަރަންޓީންގައި ނެތް ދެ މީހެއް ފައްސިވުމާއެކު އައްޑޫ ސިޓީގައި ފެށުނު އިހަލުގައި މިއަދު ފައްސިވީ ވެސް ކުރީން ފައްސިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ.

މިއާއެކީ މި އިހަލުން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 18 އަށް އަރާފައެވެ.

Advertisement
HDC — Sidebar (box)

ހެލްތް އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) ބައްދަލުވުމުގައި ޑރ. މައުރޫފް ވިދާޅުވީ، ހިތަދޫން ފުރަތަމަ ފައްސިވި މީހާއާއި ގާތުން ބައްދަލުވި 44 ފަރާތެއް މިވަގުތު އައްޑޫގެ ގުޅިފައިވާ ހަތަރު ރަށުގައި އެބަ ތިބި ކަމަށެވެ.

އައްޑޫ ސިޓީގައި ކޮވިޑް ފެތުރެމުން ދިޔުމާއެކު ސިޓީ ކައުންސިލުން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކެފޭ ރެސްޓޯރެންޓްތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ގާޑިޔާތައް ވެސް ވަނީ ބަންދުކޮށްފައެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް