Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮވިޑް-19: ވިިލިނގިލީ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19: ވިިލިނގިލީ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި، ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނިޔާވި މީހާ އަކީ  ސްޓްރޯކެއް ޖެހުމުގެ ސަބަބުން ބަލި ހާލަތު ދަށްވެ، އެނދުމަތިވެފައި އޮންނަތާ 15 އަހަރު ވެފައިވާ މީހެކެވެ.

Advertisement
Ooredoo — Square (box)

އޭނާ ވިލިނގިލި ކޮވިޑް ސެންޓަރުގައި އެޑްމިޓް ކޮށްފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ނިޔާވިއިރު އޭނާއަށް ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގައެވެ.

މި މީހާ ނިޔާވުމާއެކު، ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 56 އަށް އަރާފައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

 

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް