Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިހާރު ސަރުކާރުން ބުނަނީ އިންޓަނެޓު އަގުހެޔޮ ވާނީ ދެ އަހަރުން ކަމަށް

މިހާރު ސަރުކާރުން ބުނަނީ އިންޓަނެޓު އަގުހެޔޮ ވާނީ ދެ އަހަރުން ކަމަށް

އިންޓަނެޓް އަގުހެޔޮ ވާނީ ދެ އަހަރެއްހާ ދުވަސް ތެރޭގައި ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައްޔިތުންނަށް އިންޓަނެޓް އަގުހެޔޮ ކޮށްދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެއް ވައުދެވެ.

ނަމަވެސް "އުފާވެރިކަމުގެ ވަގުތު ކައިރި ވެއްޖެ ކަމަށް" ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެ، އިންޓަނެޓްގެ ވައުދު އޮތީ އަދިވެސް ނުފުއްދި އެވެ.

Advertisement
Allied — Dhen Online (box)

މިއަދު ރައީސް އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ދުރު ރާސްތާ ވިސްނުމުގެ ތެރެއިން އިންޓަނެޓްގެ އަގު ހެޔޮ ކުރެވޭނެ ކަަމަށެވެ. ނަަމަވެސް އެކަމާ ގުޅޭގޮތުން ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

"އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭ އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" މަބްރޫކު ވިދާޅުވި އެވެ.

މީގެއިތުރުން މަބްރޫކް ވިދާޅުވީ އިންޓަރނެޓް ތްރޮޓޮލް ވުމުގެ މައްސަލައަށް މިއަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަަމަށެވެ.

"މިއީ އަވަހަށް ވަގުތީ ހައްލެއް ގެންނަންޖެހޭ މައްސަލައެއް ކަމަށް ދެކެން. އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ބެލެވޭ" މަބްރޫކް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް