ރިޕޯޓް

އަމިއްލައަށް މަރުވި ޒުވާނާގެ ފަހު މެސެޖު: އަހަންނަށް މަޢާފް ކުރޭ، މަންމަ އާއި ބައްޕަ ދެކެ ވަރަށް ލޯބިވޭ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިއަދުގެ ވަގުތެއްގައި ށ.ފޭދޫއަށް ނިސްބަތްވާ ދިވެހި ޒުވާނަކު ވަނީ ދަންޖެހިގެން އަމިއްލައަށް މަރުވެފައެވެ. އެ ޒުވާނާ އަމިއްލައަށް މަރުވުމުގެ ކުރިން އޭނާގެ ފޭސްބުކުގައި ވަނީ މެސެޖެއް ހިއްސާ ކޮށްފައެވެ. އެ މެސެޖަކީ ކުރު، ނަމަވެސް މާނަ ފުން މެސެޖެކެވެ.

Ads by STELCO

އެ މެސެޖުގައި އޭނާ އެދިފައި ވަނީ އޭނާއަށް މައާފު ކޮށްދިނުމަށެވެ. އަދި އޭނާއަށް ކުރެވިފައިވާ ހުރިހާ ކަމަކަށް އޭނާ މައާފަށް އެދޭ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް މައާފަށް އެދެނީ ވަކި ކޮން ކަމަކަށް ކަމެއް އޭނާ އެ ސްޓޭޓަސްގައި ލިޔެފައެއް ނުވެއެވެ. އޭގެ މާ ގިނައިރުތަކެއްނުވެ އަމިއްލައަށް ދަންޖެހި އޭނާ ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ.

މީގެ އިތުރުން އެ މެސެޖުގައި އޭނާ ބުނެފައި ވަނީ އޭނާގެ މަންމަ އާއި ބައްޕަ ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށެވެ. އަދި އޭނާއަށް މީހަކަށް އަނިޔާއެއް ދެވިފައިވާނަމަ އޭނާއަށް މައާފު ކޮށްދިނުމަށް އެދިފައި ވެއެވެ.

ނަމަވެސް މިއަދު އޭނާ އަހަރެމެންގެ ލޯ މައްޗަކު ފެންނާކަށް ނެތެވެ. އަބަދުގެ އަބަދަށް އޭނާ ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އޭނާގެ މަންމަ އާއި ބައްޕައަށް އޭނާގެ މި މެސެޖު ފެނުނީ އޭނާ މި ދުނިޔެއާ އަލްވަދާއު ކީ ފަހުން ކަމެއް ނޭނގެއެވެ.

އަމިއްލައަށް މަރުވުމަކީ އެއްވެސް ކަމެއްގެ ހައްލު ނޫންކަން ގައިމެވެ. އިންސާނުންނަށް ދުނިޔޭގައި އުޅޭއިރު ކުށްވެސް ކުރެވޭނެއެވެ. ނަމަވެސް އެ ކުށްތަކަށް ތައުބާވުމުގެ ދޮރު ﷲ ތައާލާ ވަނީ އަަހަރެމެންނަށް ހުޅުއްވައިދެއްވާފައެވެ. އަމިއްލައަށް ދަން ޖެހުމުގެ ކުރިން އެކަންކަމާ މެދު ވިސްނާލުން ހުއްޓެވެ. ހާސްފަހަރު ފާފަ ކުރެވިފައި ވީ ނަމަވެސް ﷲގެ ހަޒްރަތަށް ރުޖޫއަވާން ލަދުވެތި ނުވާށެވެ. އެ ކަލާނގެއީ ގިނަގިނައިން ޢަފޫ ކުރައްވާ ރަހީމްވަންތަ ރަސްކަލާނގެއެވެ.

އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ކުރިން ތިމާގެ އަމިއްލަ އާއިލާއާ ދޭތެރޭ ވެސް ވިސްނާލަން ވާނެއެވެ. މަންމަ އާއި ބައްޕައާ ދޭތެރޭ ވެސް ވިސްނާލަން ވާނެއެވެ. އެ ދެމީހުން ރޯނެ ރުއިމާއި ވާނެ ދެރަ ހިތަށް ގެންނަން ވާނެއެވެ. އާއިލާއިން ތަހައްމަލު ކުރަން ޖެހޭނެ ފުން ހިތާމަ އަންދާސާ ކޮށްލަން ވާނެއެވެ.

އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ.

މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.

  1. ޙައްވަ

    ތިނޫސް އިން ބަލަންވީނު މީރު ޢައިލެންޑް ރިސޯޓުން އޭނާއަށް ހެދީ ކިހިނެއްތޯ

    • ކައްޖަ

      މަސްތުވާ ތަކެތީެ މައްސަލައެއި ވަޒީފާ އިން ވަކި ކުރީ

  2. ބުރިކަޅޭ

    މީރުއައިލެންޑް ރިސޯޓާ އެކަލޯގެމަރާ ކޮންގުޅުމެއްއޮތީ.އެކަމާ އެތަނާ އަޅާކިޔުމަކީ އެއްވެސްހާލެއްގައި ކޮށްގެންވާނެކަމެއްނޫން