Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑް-19: އައްޑޫ ސިޓީ ފޭދޫން އިތުރު ދެ މީހަކު ފައްސިވެއްޖެ

ކޮވިޑް-19: އައްޑޫ ސިޓީ ފޭދޫން އިތުރު ދެ މީހަކު ފައްސިވެއްޖެ

އައްޑޫ ސިޓީ ފޭދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ފައްސިވެފައި ވަނީ އެއް ގެއެއްގައި ދިރިއުޅެމުންދާ ދެ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ހިތަދޫން ކްލަސްޓާއެއް އުފެދިފައި ވަނީ، ކަރަންޓީނުގައި ނެތް ދެ މީހަކު އެރަށުން މިމަހުގެ 5 ވަނަ ދުވަހު ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.

Advertisement
Ooredoo — Square (box)

މި ކްލަސްޓާއަށް ނިސްބަތްވާ މީހުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ތިބިއިރު، ގދ. ތިނަދޫގައި ވެސް މި ކްލަސްޓާއަށް ނިސްބަތްވާ އެކަކު އެބަހުއްޓެެވެ.

މިއާއެކު އައްޑޫ ސިޓީން އެ ކްލަސްޓާއަށް ނިސްބަތްވާ މީހުންގެ އަދަދު ވަނީ 24 އަށް އަރާފައެވެ.

މި ކްލަސްޓާއާ ގުޅިގެން އައްޑޫ ސިޓީ އާއި ތިނަދޫއަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް