ލައިފްސްޓައިލް

ތިޔަ ފަދަ އެކުވެރިއެއް އަހަރެންނަށް ލިބުމަކީ އަހަރެންގެ ނަސީބެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ެއެކުވެރިޔާއެވެ. އަހަރުން ދެމީހުން ދިމާވިތާ އަދި މާގިނަ ދުވަސްތަކެއް ނުވާކަން އަހަރެންނަށް އެނގެއެވެ. އަދި ތިބާގެ އެކުވެރިންގެ ތެރެއިން އަހަރެންނާ ދިމާވުމުގެ މާ ކުރިން ދިމާވެފައި އެތައް އެކުވެރިންނެއް ވާނެކަން ވެސް ގަބޫލު ކުރަމެވެ. އެހެންނަމަވެސް ބުނަން ހެއްޔެވެ؟ އަހަރެން ދުވަހަކު ވެސް މިހާ ގިނަ ކަންކަން ތަޖުރިބާއެއް ނުކުރަމުއެވެ.

Ads by Sosun Fihaara

ލޯބިވާ އެކުވެރިޔާއެވެ. އަހަރެމެން ދެމީހުން ދިމާވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވެއެވެ. އެހެންނަމަވެސް ދެމީހުން އެކީގައި ހޭދަކުރި ކޮންމެ ސިކުންތަކީ ވެސް ހާދަހާ ވާހަކަތަކެކެވެ. އެތައް ހަނދާންތަކެކެވެ. އެތައް ތަޖުރިބާ ތަކެކެވެ. އަދި ބުނަން ހެއްޔެވެ؟ އަހަރެމެން ދެމީހުން ދިމާވީ ވެސް ދެމީހުންގެ އެންމެ އަނދިރި ދުވަސްތަކުގައި ނޫން ހެއްޔެވެ؟ އެ އަނދިރިކަމުން ދެމީހުންގެ ޙަޔާތަށް ވެސް އަލިކަން ގެނައުމަށް ދެމީހުން މަސައްކަތް ކުރީ އެކީގައެވެ. މިއީ އަހަރެމެންގެ މި ގާތް ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔަ ސަބަބެކެވެ.

އެކުވެރިޔާއެވެ. އަހަރެންނަށް ޅައެއްޗެއް އެޅެން އުޅޭނަމަ ތިޔަ އެކުވެރިޔާ އަބަދުވެސް އަހަރެން ހުއްޓުވާނެއެވެ، އަދި މަށަށް ވިސްނޭ ފަދައިން ހުރިހާ ކަމެއް ވެސް އަހަރެންނަށް ކިޔައިދޭނެއެވެ. ނުވާނޭ ބުނާ އެތަކެއް ކަމެއް ތިޔަ އެކުވެރިޔާ އަހަރެން ފަރާތުން ކުރުވާފައި އެބަ ހުއްޓެވެ. އަދި އެފަދަ ކަންކަމަކީ އަހަރެން ތިބާއަށް ކުރާ ޤަދަރާއި އިޙުތިރާމު އިތުރަށް ވަރުގަދަ ވެގެން ދިޔަ ކަމެކެވެ.

އަހަރެން މާޔޫސްވެ ކަމަކާ ހިތްހަމަ ނުޖެހިފައި ހުންނަ ދުވަހެއް ނަމަ ތިބާ ވެސް ހުންނާނީ އެމާޔޫސްކަން މަތީގައެވެ. އަދި މާޔޫސް ވާން ދިމާވީ މައިގަނޑު ސަބަބަކީ ކޮބައިތޯ ނުބުނަނީސް ތިބާ އަހަރެންނާ ރަނގަޅަށް ވާހަކަ ނުދައްކާނެއެވެ. އެއީ ތިބާ އަހަރެން ދެކެ ނުރުހިގެން ނޫންކަން އަހަރެންނަށް އެނގެއެވެ. ތިބާ އަހަރެންނަށް އެހީވާން ބޭނުންވާތީ ކަން އެނގެއެވެ، އަދި ތިބާ އަހަރެންގެ މޫނުމަތިން މާޔޫސީކަން ދެކެން ބޭނުން ނުވާތީކަން ވެސް ވަރަށް ރަނގަޅަށް އެނގެއެވެ.

އެހެންނަމަވެސް އަހަރެން ހައްގު ތެދަށް ވާހަކައެއް ބުނަން ހެއްޔެވެ؟ އެދުވަހުން ފެށިގެން ޙަޔާތުގައި ދިމާވާ ކޮންމެ ކަމެއް ވެސް އެންމެ ފުރަތަމަ އަހަރެން ހިއްސާ ކުރާ ހަމައެކަނި މީހަކީ ތިއީއެވެ. އެހީތެރިކަމަށް އެދި އަބަދުވެސް އަހަރެން އަހާނޭ މަދަދުވެރިއަކީ ތިއީއެވެ. ލަފާ ނަފާ ބުނެދޭން އަހަރެންގެ ހުރި އެންމެ ގާތް މިތުރަކީ ވެސް ހަމަ ތިޔައީއެވެ.

ދެމީހުން ދެމީހުނަށް އެތައް ސިއްރުތަކެއް ހިއްސާ ކުރެވުނެވެ. އަދި ދެމީހުންނަށް ލިބޭ ކޮންމެ ކާމިޔާބީއެއްގައި ވެސް ދެމީހުން އެއްވަރަށް ޝާމިލުވެއެވެ. މިއަދު އަހަރެން ހިތަށް އަރައެވެ. ހަގީގީ ދިރިއުޅުމަކީ ކޮބައިކަން އަހަރެންނަށް ތިބާ ދަސްކޮށްދީފިއެވެ. މީހަކަށް ބަރޯސާނުވެ ދިރިއުޅުން އާރާސްތު ކުރާނެ މަގު ކޮށާނެ އުކުޅުތައް ތިޔަ އެކުވެރިޔާ އަހަރެންނަށް ކިޔައިދީފިއެވެ. އަހަރެންނަށް ތިޔަފަދަ މާތް ރަހުމަތްތެރިއެއް ދެއްވީތީ އެކަލާނގެ ހަޟްރަތުން އަބަދުވެސް ޝުކުރުވެރި ވާނަމެވެ. އަދި މި ގުޅުން އަބަދުވެސް ދެމި އޮތުމަށް އެދި ﷲ ގެ ހަޟްރަތުން ދުޢާ ދަންނަވާނަމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!