ޚަބަރު

އެއްގަމަށް ނުފައިބާ މަސް ކިރުމުގެ މަސައްކަތް ކުރުމަށް މަސްވެރިންނަށް އިލްތިމާސްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ ސަރަހައްދުގެ މަސް ގަންނަ ފެސިލިޓީތަކަށް މަސް ވިއްކުމަށް އަންނަ މަސް ދޯނިފަހަރުން އެއްގަމަށް ނުފައިބާ މަސް ވިއްކުމުގެ މަރުހަލާ ފުރިހަމަ ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓްރީން މަސްވެރިންނަށް މިހެން އަންގާފައިވަނީ ރާއްޖޭގައި ހާއްސަކޮށް މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުން އަންނާތީއެވެ.

މިނިސްޓްރީއިން ވިދާޅުވީ މަސް ގަންނަ ފަރާތްތަކުން މަސްވެރިން އެއްގަމަށް ނުފައިބާ ތިބެ މަސް ގަތުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވަން ވާނެ ކަމަށެވެ. މިކަންކަމަށް ރިޢާޔަތްކޮށް މަސް ގަންނަ ކުންފުނިތަކާއި މަސްވެރިންގެ ފަރާތުން ، މަސްވެރިކަމުގެ މަސައްކަތް ކޮވިޑް-19ގެ ހާލަތުގައިވެސް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމަށް ރަައްކާތެރިކަމުގެ އުޞޫލުތަކަށް އަމަލު ކޮށްފައިވާކަން ފިޝަރީޒް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން މިދަނޑިވަޅަކީ ބަލިމަޑުކަމުގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާ ހާލަތަކަށްވާތީ، އަދި އުޅަނދުފަހަރުގެ ޙަރަކާތްތައް ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިއްޖެނަމަ، އެކަމުގެ ސަބަބުން މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުޞަތު އޮތްކަމެއް ކަމުގައިވާތީ، މަސް ގަންނަ ކުންފުނިތަކާއި މަސްވެރި އުޅަނދުފަހަރުން ކުރިންވެސް އަމަލުކުރަމުން އައި އުޞޫލުތަކާ އެއްގޮތަށް މަސް ގަންނަ ސެންޓަރުތަކަށް ދަތުރުކޮށް މަސް ވިއްކުމުގެ މަރުހަލާގެ ކަންކަން ހަމަޖެއްސެވުމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!