ޚަބަރު

ކޮވިޑް-19: ލ.މާމެންދޫން މީހަކު ފައްސި ވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: އެޑިޝަން އެމްވީ

ލ.މާމެންދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

މާމެންދޫ ހެލްތު ސެންޓަރުން މައުލޫމާތުދޭ ގޮތުގައި އެ ރަށުން 12 ފެބްރުއަރީ 2021 ގައި ކަރަންޓީނުގައި ހުރި މީހެއް ފައްސި ވެފައިވެފައިވާ ކަމަށެވެ.

”ދެން” އަށް މައުލޫމާތު ދެއްވަމުން ލ.މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ފައްސި ވެފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގުނު ސާމްޕަލުން ކަމަށާއި މިކަމާ ގުޅިގެން އެ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 101 މީހުންނާއި، އަތޮޅުތެރެއިން 15 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 6 މީހުންނާއި އެއްގަމު އުޅަނދުފަހަރުން 14 އަދި އިންޑަސްޓްރިއަލް ރަށްތަކުން 73 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 17،716 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 15،291 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 58 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 190 މީހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!