Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އައްޑޫން ފައްސިވި މީހުންގެ އަދަދު 60 އަށް

އައްޑޫން ފައްސިވި މީހުންގެ އަދަދު 60 އަށް

އައްޑޫ ސިޓީން ކޮވިޑް19ްއަށް ފައްސިވި މީހުންގެ އަދަދު 60 އަށް އަރައިފިއެވެ.

އެ ސިޓީން މިއަދުވެސް ދެ މީހަކު ޕޮޒިޓިވްވިއެވެ. އައްޑޫ ސިޓީގައި އުފެދި ބޮޑުވަމުންދާ ކޮވިޑް-19ގެ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 172 ގެ ކަރަންޓީން ކޮށްފައިވާ ކަމަށް އައްޑޫ އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ ސެންޓަރުން އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތު ތަަކުން ދައްކާގޮތުގައި އެ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 172ގެ ކަރަންޓީން ކޮށްފައިވާއިރު، 341 ޑައިރެކްޓް ކޮންޓެކްޓުން ވަނީ ފާހަގަ ކުރެވިފައެވެ.

Advertisement
HDC — Sidebar (box)

އައްޑޫ އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫގައި ކޮވިޑް ދެ ކްލަސްޓާއެއް ހިމެނޭއެެވެ. އެއީ ހުޅުމީދޫ އެމްޓީސީސީ ސައިޓުގެ ކުލަސްޓާއާއި އޭވިއޭޝަން ކްލަސްޓާ އެވެ.

އައްޑޫގައި ކޮވިޑް-19 ކޭސްތައް ފެނި އިތުރުވާން ފެށުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން ރޭގަނޑު 8.00 އިން ފެށިގެން ފަތިހު 4.00އާ ހަމައަށް އައްޑޫގައި ކާފިއު ހިންގާފައިވެއެވެ. ޟަރޫރީ ބޭނުމެއް ނެތި އަދި ކައުންސިލުގެ ހުއްދައާނުލައި އެއް އަވަށުން އަނެއް އަވަށަަށް ދަތުރުކުރުން ވެސް އައްޑޫގައި ވަނީ މަނާ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް