ޚަބަރު

ކަރަންޓީނު އުސޫލާ ޚިލާފަށް ޖާބިރު މަތިވެރިއަށް ވަޑަައިގަތުމުން ޖޫރިމަނާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެކުލަވާލާފައިވާ ކަރަންޓީނު އުސޫލާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ވަޑައިގެން މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Hajj Corporation

"ދެން" އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލުގެ އެސިސްޓަންޓް ޑިރެކްޓަރ މުރުޝިދު ޢަބްދުއްލަތީފް ވިދާޅުވީ، ކަރަންޓީނު އުސޫލާ ޚިލާފަށް ޖާބިރު އެރަށަށް ވަޑައިގެންފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

"ޖާބިރު މިކޮޅަށް ދުރުވެ އެބައުޅޭ. ކަރަންޓީނު އުސޫލާ ޚިލާފަށް އައިސް އުޅެނީ. ޚާއްސަ ހުއްދައެއް ވެސް އަދިއެއް ނެތް ކައުންސިލާއި ހަމަޔަށް ލިބިފައެއް" މުރުޝިދު ވިދާޅުވިއެވެ.

މުރުޝިދު ވިދާޅުވީ، ކަރަންޓީނު އުސޫލާ ޚިލާފަށް ވަޑައިގެންފައިވާތީ، ޓާސްކްފޯހުން ޖާބިރު އާއި އޭނާ އާއެކު ވަޑައިގެންނެވި ބޭފުޅުންނާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ޚާއްސަ ހުއްދަ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށާއި ފޯރުކޮށް ނުދެވިއްޖެނަމަ މިއަދު އިރުއޮއްސި 6:00 ގެ ކުރިން ރަށުން ފައިބައިގެން ދިޔުމަށް އެންގި ކަމަށް ވެސް މުރުޝިދު ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން ވަނީ ޖާބިރުއާ އޭނާއާއެކު ވަޑައިގެންނެވި އެހެން މީހުން ޖޫރިމަނާ ކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ އޮފިޝަލަކު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަރަންޓީނު އުސޫލާ ޚިލާފަށް މަތިވެރިއަށް ވަޑައިގަތް 11 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެެ.

"ދެން" އަަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަތިވެރިއަށް ގޮސް ޖާބިރު ހުންނެވީ އެރަށުގައި ހުންނަ އޭނާގެ ގެސްޓްހައުސް ގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!