ޚަބަރު

ޑރ. ނަޒްލާ ވެކްސިން ޖަހައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

Ads by STELCO

ވެކްސިން ޖެއްސެވުމަށްފަހު އެކަން ހާމަ ކުރެއްވުމަށް ޑރ. ނަޒްލާ ވަނީ ވެކްސިން ޖެހި މަންޒަރާއެކު ޓްވީޓު ކޮށްފައެވެ. އެ ޓްވީޓުގައި ބުނެފައި ވަނީ  ފަރުދީ ޒިންމާ އަދާކުރަން މުޖުތަމައުގެ އެންމެންވެސް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

މީގެއިތުރުން ޑރ. ނަޒްލާ ވަނީ ކޮވިޑް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވައި ޕޯޓަލްގައި ރަޖިސްޓާ ވުމަށް އެދިލައްވާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 5،204 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. އަދި މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 43،817 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 35،289 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 8،429 މީހަކަށް ވެކްސިން ދީފައި ވެއެވެ. އަދި ރިސޯޓުތަކުން 99 މީހަކަށް ވެކްސިން ދީފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!