ޚަބަރު

އައްޑޫގައި ކަރަންޓީނުގައި ހުރި ލޯބިވެރިޔާ ދެކިލަން ދިޔަ މީހަކު ޖެހުނީ ކަރަންޓީނަށް ދާން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އައްޑޫގައި ކަރަންޓީނުގައި ހުރި ލޯބިވެރިޔާ ގާތަށް ދިޔަ އަންހެން ކުއްޖަކު ކަރަންޓީނު ވާން ޖެހިއްޖެއެވެ.

އޮންލައިން ނޫސް "ވަގުތު" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ ސ.ފޭދޫގައެވެ.

އެގޮތުން ފޭދޫގައި ކަރަންޓީނުގައި ހުރި މި ފިރިހެން މީހާ ކައިރިއަށް މީގެ ކުރިން ވެސް އޭނާގެ ލޯބިވެރިޔާ ވަންނަ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފައިވާ ކަމަށާއި އެކަން ފަޅާ އެރުމުން ފުލުހުން އަންހެން މީހާ ހައްޔަރު ކުރުމަށް ފަހު، މިހާރު ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށް "ވަގުތު" ގައި ވަނީ ރިޕޯޓު ކޮށްފައެވެ.

އަންހެންމީހާ ވެސް ކަރަންޓީނު ކޮށްފައި ވަނީ 10 ދުވަހަށެވެ.

އައްޑޫ ސިޓީގައި އުފެދި ބޮޑުވަމުންދާ ކޮވިޑް-19ގެ ކްލަސްޓާއިން މިހާތަނަށް 63 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އައްޑޫގައި ކޮވިޑް ދެ ކްލަސްޓާއެއް ހިމެނެއެވެ. އެއީ ހުޅުމީދޫ އެމްޓީސީސީ ސައިޓުގެ ކުލަސްޓާއާއި އޭވިއޭޝަން ކްލަސްޓާ އެވެ. އޭވިއޭޝަން ކްލަސްޓާ އާ ގުޅުން ހުރި 300އަށް ވުރެ ގިނަ މީހުން މިހާތަނަށް އައްޑޫ ސިޓީން ފާހަގަ ކުރެވިފައި ވެއެވެ. އެގޮތުން ފޭދޫ އިން ވަނީ 13 މީހަކު ފައްސިވެފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!