Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނޫސްވެރިންނަށް އަނިޔާކުރާތީ ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކޮށްފި

ނޫސްވެރިންނަށް އަނިޔާކުރާތީ ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކޮށްފި

މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ލިބޭ އަނިޔާތަކާ ދެކޮޅަށް ނޫސްވެރިން މިއަދު ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން ހިންގާ އޮފީހުގެ ކުރިމަތީގައި ކުރި މި މުޒާހަރާގައި އެކި މީޑިއާތަކުން ވަނީ ނޫސްވެރިން ބައިވެރިވެފައެވެ.

އެގޮތުން މިއަދު މެންދުރު 1:00 ގައި ކުރަން ފެށި އިހުތިޖާޖުގެ ބައިވެރިން އެ ސަރަހައްދުގައި ބައި ގަޑިއިރެއްހާއިރު ވަނީ މަޑުކޮށްފައެެވެ.

Advertisement
HDC — Sidebar (box)

ނޫސްވެރިންގެ މިނިވަންކަމަށް ގޮވާލާ ތަފާތު އެކި އެކި ބޯޑުތައް ހިފައިގެން ކުރި މި އިހުތިޖާޖު ނޫސްވެރިންކޮށްފައިވަނީ އިޖުތިމާއީ ގައިދުރުކަމާއެކުގައި ކަން ވެސް ފާހަގަކޮށްލެވެއެވެ.

ނޫސްވެރިން މިގޮތަށް އިހުތިޖާޖުކޮށްފައިމިވަނީ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް 13ގެ ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށްފައިވާ މައްސަލައިގައެވެ. އަދި މުޒާހަރާއަށް ފަހު ލެސޫކް ރެސްޓޯރެންޓުގެ މަތީ ފަންގިފިލާގައި މަޑުކޮށްގެން ތިބި ބައެއްގެ ތެރެއިން ނޫސްވެރިއަކު ހައްޔަރުކޮށް އަނިޔާކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

މިއަދު އޮތް ހިމޭން އިހުތިޖާޖު ނިންމައިލުމުގެ ގޮތުން ޗެނަލް-13 އިން ވަނީ މޯލްޑިވްސް މީޑިޔާ ކައުންސިލަށާއި، ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސްއަށް ސިޓީއެއްވެސް ހުށަހަޅާފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް