Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ރިޕޯޓް

ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ތަލަ މީހުން ގިނައީ ކީއްވެ؟

ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ތަލަ މީހުން ގިނައީ ކީއްވެ؟

ވަރަށް ފަހުން ކޮށްފައިވާ ދިރާސާ އެއްގައި ބުނެފައިވަނީ، ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރެވިފައިވާ ފިރިހެނުންގެ ތެރޭގައި ގިނައީ ބޯ ތަލަ މީހުން ކަމަށެވެ.

މިއީ އަޑުއަހާލަން ތަންކޮޅެއް ކޫސަނި ކަމެއް ނަމަވެސް، ސައިންސްވެރިން ބުނެފައިވަނީ މިކަމުގައިވެސް ސަބަބެއްވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފިރިހެނުން ގިނައިން ތަލަ ވަނީ ފިރިހެން ސެކްސް ހޯމޯނެއް ކަމުގައިވާ އެންޑްރޮޖެންސް ގިނަވުމުންނެވެ.

Advertisement
Ooredoo — Truecaller (box)

ދިރާސާތަކުން ބުނާގޮތުގައި އެންޑްރޮޖެންސް ގިނަނަމަ ހަށިގަނޑު ތެރެއަށް ކޮރޯނާ ވައިރަސް ފަސޭހައިން ވަނުމުގެ ފުރުސަތު ބޮޑެވެ.

އެހެންކަމުން ހަށިގަނޑުގައި އެންޑްރޮޖެންސް ގިނަވުމަކީ ކޮވިޑް-19 ޖެހުމަށް މަގުފަހިވުމުގެ އިތުރުން މިބަލީގައި ބޮޑުވަރު ވެސް ވެދާނެ ކަމެއް ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

މި ހައިޕޮތެސިސްގެ އަލީގައި، މިބަލީގައި ނުރައްކާކަން ބޮޑީ ކޮން ބައެއްގެކަން ފާހަގަކުރަން ފަސޭހަ ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް