Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އައްޑޫއިން އިތުރު މީހަކު ފައްސިވެއްޖެ

އައްޑޫއިން އިތުރު މީހަކު ފައްސިވެއްޖެ

އައްޑޫ ސިޓީގެ ހިތަދޫއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ފައްސިވީ މީހާއާއެކު މިހާތަނަށް އެސިޓީން 77 މީހުން ވަނީ ފައްސިވެފައެވެ.

މިއަދުގެ ކޭސްތަކާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކޮވިޑަށް ފައްސިވީ މީހުންގެ އަދަދު ވަނީ 43 އަށް އަރާފައެވެ. އެއީ ހިތަދޫން ފައްސިވި 22 މީހުން، މަރަދޫ ފޭދޫއިން 4 މީހުން އަދި ފޭދޫ އިން 17 މީހުންނެވެ.

Advertisement
Allied — Dhen Online (box)

އެ ސިޓީގެ ހުޅުމީދޫން، ފަހުން ފައްސިވި 6 މީހުންނާ އެކީ އެމްޓީސީސީ ސައިޓުން ފައްސިވި މީހުންގެ އަދަދު ވަނީ 27 އަށް އަރާފައެވެ. އެ ސައިޓު ފިޔަވައި ދެން ފައްސިވެފައިވާ މީހުންގެ ޖުމުލަ އަދަދު ވަނީ ހަތަކަށް އަރާފައެެވެ.

މިހާރު ބަލި ޖެހުނު މީހުންގެ ތެރެއިން 29 މީހަކު ރަނގަޅު ވެފައިވާއިރު، ފަރުވާ ދެމުން އަންނަނީ 40 މީހަކަށް ކަމަށް ވެސް އައްޑޫ އިމަރޖެންސީ ސެންޓަރުން ބުނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް