ކޯރާޑިއަކުން ޖަހާ މި މީހާ މަރާލީ އަމިއްލަ މައިމީހާ
އިންޑިއާގެ ފިރިހެނަކު އޭނާގެ 80 އަހަރުން މައްޗަށް ގޮސްފައިވާ މުސްކުޅި މަންމަ މަރާލައިފިއެވެ.
މި ފިރިހެން މީހާ ވަނީ އޭނާގެ މަންމަ މަރާލުމަށް ފަހު ވަގުތުން ފިލާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދިއަދަށް ދާންދެން ވެސް މި މީހާ ނުފެންނަ އިރު ފުލުހުން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ފިރިހެން މީހާ އޭނާގެ މަންމަ މަރާލި ސަބަބެއް ވެސް އަދި އެނގިފައެއް ނުވެއެވެ.
އިންޑިއާގެ މުމްބާއީގައި އިއްޔެ ކައިވެންޏަށް ހުށަހެޅުމުން ނޫނެކޭ ބުނި އަންހެން ކުއްޖަކު ވެސް ވަނީ ފިރިހެނަކު ވަނީ މަރާލާފައެވެ
15 އަހަރުގެ މި އަންހެން ކުއްޖާ ގާތު ކައިވެނި ކުރަން އެހީ 18 އަހަރުގެ ކުއްޖެކެވެ. ނަމަވެސް މި އަންހެން ކުއްޖާ އެކަމާ ދެކޮޅު ހެދުމުން އޭނާ ވަނީ އަންހެން ކުއްޖާގެ ގައިގައި ހުޅު ޖަހާފައެވެ.
ހަމަ އެހެންމެ އަންހެން ކުއްޖާގެ ގައިގައި ރޯ ކޮށްލުމަށް ފަހު އޭނާ ވެސް ވަނީ އަމިއްލައަށް މަރުވެފައެވެ. މި ހާދިސާގައި މި ދެމީހުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ތިބީ މަރުވެފައެވެ.