އިންޑިއާ ގައި ކޮރޯނާ ވައިރަސްގެ ކޭސްތައް އިތުރުވެ އެންމެ ގިނަ ކޭސް ފެނުނު ތިންވަނަ ގައުމަކަށް އެ ގައުމު ވެއްޖެ
ކޮރޯނާ ވައިރަސްގެ ބަލި އެންމެ ގިނައިން ފެނިފައިވާ
ގައުމު ތަކުގެ ތެރެއިން ރަޝިއާ އަކީ 3 ވަނަ އަށް ކޮރޯނާ ވައިރަސް
ފެނިފައިވާ ގައުމެވެ. ނަމަވެސް އިންޑިޔާގައި ބަލި ފެތުރޭ މިންވަރު އިތުރުވެ މިހާރު ވަނީ ރަޝިޔާ އަށް ވުރެ ކޮރޯނާ ވައިރަސް ގެ ގިނަ ކޭސްތައް އެގައުމުން ފެނިފައެވެ.
އިންޑިއާގައި ޖުމުލަ ގޮތެއްގައި ކޮރޯނާ ބަލީގެ ސަބަބުން ވަނީ ވިހި ހާހާއި ގާތް ކުރާ އަދަދަކަށް މަރު ތަހައްމަލް ކުރަންޖެހިފައެވެ. މިގޮތުން އެ ގައުމުގައި އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.
އިންޑިއާ އަކީ ކޮރޯނާ ވައިރަސް އެންމެ ގިނައިން ފެނިފައިވާ ތިން ވަނަ ގައުމަށް ވާއިރު، އިންޑިއާ އަށް ވުރެ އިތުރަށް މި ބަލި ފެނިފައި ވަނީ ޔުނައިޓެޑް ސްޓޭޓްސް އާއި ބްރެޒިލް އިންނެވެ.
ތާޖް މަހަލް އަކީ އިންޑިއާގައި އެންމެ މަޝްހޫރު ފަތުރުވެރިން ޒިޔާރާތްކުރާ އެއް މަންޒިލެވެ. ނަމަވެސް އިންޑިއާގެ އަވަށެއް ކަމަށްވާ އަގްރާއިން ކޮރޯނާ ވައިރަސް ގެ ކޭސް ތަކެއް ފެނިފައިވުމާއެކު ތާޖް މަހަލް ފަތުރުވެރިންނަށް ހުޅުވާލުމަށް ވަކި ގޮތެއް ނުނިންމަވާ ކަން ފާހަގަ ކުރެވެއެވެ.
އިންޑިއާގެ ސަގާފަތާއި ބެހޭ މިނިސްޓްރީން ވަނީ ތާރީހީ ބިނާތަށް ހޯމަ ދުވަހުގައި ފަތުރުވެރިންނަށް ހުޅުވާލާފައެވެ. ތިން މަހުގެ ފަތުރުވެރިކަމުގައި ކުރި އެރުމެއް ނެތި މި ފަހަރު މި ބިނާތަށް ހުޅުވާލާފައި ވަނީ ފަތުރުވެރިންނަށް މާސްކް އަޅާގެން ޒިޔާރަތް ކުރެވޭ ގޮތަށެވެ.
އަދި ހަމަ އެއާއެކު އިންޑިއާގެ ބޮޑެތި އަވަށް ތަށް ކަމަށް ނިއު ދެއްލީ އަދި މުންބާއި އަށް ވަނީ މި ބަލި ވަރަށް ބޮޑަށް ފެތުރިފައެވެ. ޖުމުލަ ގޮތެއްގައި ނިއު ދިއްލީ އާއި މުންބާއިގައި 100،000 ކޭސް ފެނިފައިވާ ކަމަށް ރިޕޯޓް ތަކުން ދައްކުވާދެއެވެ. އެގޮތުން ދިއްލީގައި 3000 އަދި މުމްބާއިގައި 5000 މަރު ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ..
މި ބަލިމަޑު ކަމުގެ ސަބަބުން ނިއު ދިއްލީގައި ވަގުތީ ގޮތުން ވަނީ 10،000އެނދު މި ބައްޔަށް ފަރުވާދިނުމުގެ ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މި ބަލިމަޑު ކަމުގެ އަސަރު އަލަށް ފެންނަ ސަރަހައްދު ތަކަށް ވަނީ ހަރުކަށި ފިޔަވަޅު އަޅަން ނިންމަވާފައެވެ.
ކޮރޯނާ ވައިރަސް ބައްޔާ ހެދި ވަނީ ގިނަ އަދަދެއްގެ ސަރަހައްދުތައް ވަނީ ފުރަ ބަންދު ކޮށްފައެވެ. މި ބަލިމަޑު ކަމުގެ ސަބަބުން ކޭސްތައް އިތުރު ވެދާނެ ކަމުގެ ބިރު އޮތުމާއި އެކު ފުރަބަންދުގެ ހާލަތު އިތުރަށް ދައްމާލަން ވަނީ ނިންމަވާފައެވެ.