ޚަބަރު

މަލިކުގައި ކޮވިޑަށް ފައްސިވީ އެންމެން ބަލިން ރަނގަޅު ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ރަށެއްގެ ގޮތުގައި ކުރިން އޮތް މިނިކޯއީ (މަލިކު) އިން ކޮވިޑް-19 އަށް ފައްސިވީ އެންމެން، އެބަލިން ރަނގަޅު ވެއްޖެއެވެ.

Ads by Sosun Fihaara

މިހާރު އިންޑިއާގެ ލަކްޝްދީބްގެ ބައެއް ކަމުގައި ކަނޑައަޅާފައިވާ މަލިކުގެ އާބާދީގައި މިހާރު 12،000 މީހުން އުޅެ އެވެ.

ކޮވިޑްގެ ނުރައްކާ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ގައުމަކީ އިންޑިއާ އެވެ. ނަމަވެސް ނިމިދިޔަ އަހަރު މަލިކުގެ އެއްވެސް މީހަކަށް އެ ބަލި ޖެހިފައެއް ނުވެއެވެ.

މަލިކުން ކޮވިޑް ފެނިފައި ވަނީ މި ފެބްރުއަރީ މަހުގެ ކުރީކޮޅެވެ. އެއީ އެހެން ސަރަހައްދަކުން އެ ރަށަށް ދިޔަ އަންހެނެއްގެ ފަރާތުންނެވެ.

އޭގެ ފަހުން މަލިކުން ހަތް މީހަކަށް ކޮވިޑް ޖެހުނެވެ. އެގޮތުން އެ ރަށުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެންމެ ދޮށީ މީހަކީ އުމުރުން 65 އަހަރުގެ މީހެކެވެ. އަދި ކޮވިޑް ޖެހުނު އެންމެ ހަގު މީހަކީ 30 އަހަރުގެ މީހެކެވެ. ރިޕޯޓުތަކުން ބުނާގޮތުގައި އިއްޔެގެ ނިޔަލަށް، މަލިކުން ކޮވިޑް ޖެހުނު އެންމެން ވަނީ އެ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މަލިކުގައި ވެސް ހާއްސަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން ހަތަރު މީހުންނަށްވުރެ ގިނައިން އެއްވުން މަނާ ކުރުމާއި ކައިވެނި ޕާޓީތަކާއި ހަފުލާތައް ބޭއްވުން ވެސް މަނާ ކުރިއެވެ.

މީގެ އިތުރުން ބޭރުގައި އުޅޭއިރު މާސްކު އެޅުން ވެސް މަޖުބޫރު ކުރިއެވެ. އަދި ކޮވިޑަށް ފައްސި ކޭސްތައް ފެންނަން ފެށުމުން މަލިކުގައި ވެސް ހުކުރުގެ ޖަމާއަތް ހެދުން ހުއްޓާލި އެވެ. ނަމަވެސް ދެ ހުކުރަށް ފަހު މިއަދު އަލުން ހުކުރުގެ ޖަމާއަތް ފަށާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Ads by Allied Insurance
  1. ޢަލްހަމްދު ލިއްލާހި

  2. ޝުކުާ އިބްްްރާހީމްް މުޙަންމަދުު ޞާލިހް
    ޝުކުރިއްޔާާ އިންޑިޔާ ️