ޚަބަރު

އެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ، ރައްޔިތުން ބޮޑު ނުރައްކަލަކަށް ހުޅަނޭޅޭ ގޮތަށް ބަލައިގެން: މިނިސްޓަރ އިމްރާން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެއްވެ އުޅުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ، ރައްޔިތުން ބޮޑު ނުރައްކަލަކަށް ހުޅަނޭޅޭ ގޮތަށް ބަލައިގެން ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މިއަދު މިއަދު ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއް ރީޓްވީޓް ކުރައްވަވާ ކުރެއްވި ޓްވީޓެއްގައެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކުރުމެއްނެތި، ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށާއި އެގޮތަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި  ސިޔާސީ ޕާޓީތަކަށް ވެސް ރައްޔިތުންގެ އާންމު ސިއްހަތު ސަލާމަތް ކުރުމަށްޓަކައި ޒިންމާދާރު ވުމަށް ހޯމް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

އަދި ޤާނޫނު އަސާސީގެ 67 ވަނަ މާއްދާގެ (ނ) ގައި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްސޫލިއްތެއް ކަމުގައި ކަނޑައަޅާފައިވާ ހިނދު، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ ވަބާގެ އަސަރު ދިވެހިރާއްޖެއަށް ކޮށް، ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން 60 މީހުން އެބަލީގައި ނިޔާވެގޮސް، އެތައްބަޔަކު އެބައްޔަށް ޕޮޒިޓިވްވެ، ގިނަ ޢަދަދެއްގެ މީހުން އެނދުމަތިކޮށްގެން ފަރުވާކުރުމަށް މަޖިބޫރުވެ، އެކަމަށްޓަކައި ޚާއްސަކުރެވިގެން ޤާއިމުކޮށްފައިވާ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެއާދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިއްޚީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ވެސް ހޯމް މިިނިސްޓްރީން ބުނެއެވެ.

އިދިކޮޅުން މިއަދު ބާއްވަން ހަމަޖެހިފައިވާ ބޮޑު މުޒާހަރާއަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުގައި ހުންނެވުމާއި، ރައްޔިތުންގެ އެތައް ޙައްޤުތަކެއް ސަރުކާރުން ނިގުޅައިގެންފައި ވާތީ އެ ކޯލިޝަނުން ބާއްވަމުން ގެންދާ "އިންސާފު ކޮބާ؟"އަދި "ކޮބާ މަގޭ ފްލެޓް ؟" ގެ ސިލްސިލާގެ ދަށުން ބޭއްވުމަށް ނިންމާފައިވާ މުޒާހަރާއެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!