ރިޕޯޓް

އައިޝާގެ މިސްރާބު: ފިލްމު ކުޅުމާއި ޓޫރިޒަމްގެ ދާއިރާއިން މާސްކުގެ ވިޔަފާރިއަށް!

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެ މީހަކީ ވެސް ތަފާތު އެކި ހުނަރާއި ޝައުޤުވެރިކަން ހުންނާނެ މީހުންނެވެ. ހަމައެކަނި އެންމެ ހުނަރެއް ތިމާގެ ގައިގާ ހުރުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫނެވެ. އެކަމަކީ ގޯސް ކަމަކަށް ނުވާނަމަ، ހަމަ ކޮންމެ ރޮނގަކުން ވެސް ކުރިއަށް ދާންވީ އެވެ.

Ads by Sosun Fihaara

މިއީ ވެސް އެފަދަ ހުނަރުވެރިއެކެވެ. ފިލްމީ ދާއިރާގައި ވެސް މަސައްކަތް ކުރަމުން އަންނަ އައިޝަތު ގުލްފާ (އައިޝާ) އަކީ ޓޫރިޒަމްގެ ދާއިރާގައި ވެސް މަސައްކަތް ކުރަމުން އަންނަ ހީވާގި ކަނބަލެކެވެ.

އައިޝާ ވަޒީފާ އަދާކުރަނީ ސޮނޭވާ ލޯންޖް ގައި ހޮސްޓެސް އެއްގެ މަގާމެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން މިދުވަސްކޮޅު އައިޝާ ކުރަމުން އަންނަ މަސައްކަތަކީ މާސްކުގެ ވިޔަފާރިއެވެ.

މިވިޔަފާރިއާއި ބެހޭ ގޮތުން "ދެން" އަށް މައުލޫމާތު ދެމުން އައިޝާ ބުނީ މާސްކު އުފެއްދުމުގެ މިމަސައްކަތަކީ، ކޮވިޑްގެ ހާލަތާއި ގުޅިގެން މިދުވަސްކޮޅު ގޭގައި ހުންނަން ޖެހިފައިވުމުން އޭނާގެ ތިން ދައްތައަކާއެކީ ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.


"އަޅުގަނޑާއި އަޅުގަނޑުގެ ތިން ދައްތައެއް ވެގެން މާސްކު ހަދާ މިވިޔަފާރި ފުޅާ ކުރުމުގައި މިއުޅެނީ. އަޅުގަނޑަށް ބޮޑަށް އިންނަނީ މާކެޓް ކުރުން. އަޅުގަނޑުމެން ނޯމަލް މާސްކާއި ހިޖާބް މާސްކު ވެސް ހަދަން. ހިޖާބް މާސްކު އަދި ރާއްޖޭގައި އަލަށް ކަންނޭނގެ މިތައާރަފްވީ" އައިޝާ ބުންޏެވެ.

ހިޖާބް މާސްކަށް ވަރަށް ބޮޑު ޑިމާންޑެއް ލިބޭ ކަމަށާއި އެގޮތުން ދެ ލޭޔަރުގެ މާސްކެއް 15 ރުފިޔާއަށް އަށް ވިއްކާއިރު ތިން ލޭޔަރުގެ މާސްކު ވިއްކަނީ 20 ރުފިޔާއަށް ކަމަށް ވެސް އައިޝާ ބުންޏެވެ.

"ހިޖާބް މާސްކުގައި ހުންނާނެ އެކި ޑިޒައިންތައް. އަޅުގަނޑުމެންގެ ވެބްސައިޓަކީ 'މައިޑިޒައިންސް'. ހިޖާބް މާސްކު ވެސް ހުންނާނީ އެކި ކަހަލަ މާސްކު. ކުޑަކުދިންނަށް ވެސް ގުޅޭނެ ގޮތަށް. އެކި ކަހަލަ މާސްކު ހަދާފައި ހުންނާނީ، ބުރުގާ މަތިން ވެސް ލެވޭނެ ގޮތަށް ހަދާފައި ހުންނަ މާސްކުވެސް ހުންނާނެ. ކޮންމެ ފަންކްޝަނަކާއި ވެސް ގުޅޭ ގޮތަށް ފަރުމާ ކޮށްފައިހުރި މާސްކާއި އޮފިޝަލް ލުކް އަކާއި ގުޅޭގޮތަށް ފަރުމާ ކޮށްފައިހުރި އެހާ ގޮތްބޮޑު ނޫން މާސްކު ވެސް ހުންނާނެ. ޑިމާންޑު ވަރަށް ބޮޑު މާސްކުތަކަށް. ހަމަ ފުލްކޮށް ޑިމާންޑު އުޅެނީ ހިޖާބް މާސްކަށް" އައިޝާ ބުންޏެވެ.


އައިޝާ ބުނި ގޮތުގައި މިހާ ބުރަ މަސައްކަތެއް އެންމެ ފުރަތަމަ ފެށީ އޭނަގެ ދައްތަމެންނެވެ.

"ފެމިލީ ތެރޭގައި މާސްކު ހަދަނިކޮށް އެއްދުވަހު އެގޮތަށް ބުނިން ހިނގާށޭ މިތަންކޮޅެއް ބޮޑަށް ފުޅާކޮށް މިކަން ކުރަން، މީހުންގެ ތެރޭގައި މިމަސައްކަތް ޕްރޮމޯޓް ކުރަން. ދެން އެމީހުން ހަދާފަ ހުރި މާސްކުތަކުން ފޮޓޯތަކެއް ނަގާފައި ގަނެވިއްކާ ޕޭޖްތަކަށްލީ ޕްރޮމޯޓް ކުރަން. އެކި ކަހަލަ މާސްކުތަކުގެ ފޮޓޯލީން. އެގޮތުން މިވިޔަފާރި ފުޅާވީ. އިނގެން ފެށީމަ ވަރަށް ގިނަ މީހުން ގުޅާ" އައިޝާ ބުންޏެވެ.


އައިޝާމެން މާސްކު ފޯރު ކޮށްދެނީ ހަމައެކަނި މާލެ ސަރަޙައްދަކަށް ނޫނެވެ. އަތޮޅުތެރޭގެ ރަށްތަކަށް ވެސް މާސްކު ފޮނުވާދޭ ކަމަށާއި އެގޮތުން މިހާރުވެސް 500 އަށްވުރެ ގިނަ މާސްކު އަތޮޅުތެރެއަށް ފޮނުވާފައިވާ ކަމަށް އައިޝާ ބުންޏެވެ.

އައިޝާމެންގެ ވިޔަފާރިއާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށާއި މާސްކަށް އޯޑަރު ދެއްވުމަށް 7602777 / 7909872 ނަންބަރު ފޯނަށް ގުޅާލުން އެދެމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!