ރިޕޯޓް

ދިވެހި އަންހެން ކުއްޖަކަށް އަންހެނަކު ކުރި ޖިންސީ ގޯނާ: ބުނީ ލޯބިވާ ކަމަށާއި އެއީ "އޭނަގެ މީހެއް" ކަމަށް!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ވެސް މިހާރު އެއްޖިންސުން ގުޅުން ހިންގާ މީހުން އުޅޭ ކަމަކީ އެންމެންނަށް ވެސް އިނގޭ، އެހެންނަމަވެސް އެވާހަކަ އެކަކުވެސް ދައްކަން ބޭނުން ނުވާ ބޮޑު ސިއްރެކެވެ. އެފަދަ ވާހަކައެއް މީހަކު ދައްކައިފިނަމަ، އެމީހަކު ވަނީ ވަރަށް ވެސް ވިޔާނުދާ ވާހަކަ ދައްކާ މީހަކަށެވެ. އެކަމަކު އެކަން ކުރާ މީހުން ކުރިޔަސް އެންމެ ރަނގަޅެވެ.

Ads by STELCO

ބައެއް ފަހަރު މިފަދަ ވާހަކައެއް ދައްކަން ފެށުނަސް، ދެއްކިފައި ހުންނަނީ ފިރިހެނަކު ފިރިހެނަކާއި އެއްޖިންސުން ގުޅުން ހިންގާ ވާހަކައެވެ.

ނަމަވެސް މިފަހަރުގެ ވާހަކަ ތަފާތެވެ. މިއީ ރާއްޖޭގެ އަންހެން ކުއްޖަކު ހިއްސާ ކޮށްފައިވާ އޭނައަށް ކުރިމަތިލާން ޖެހުނު ޖިންސީ ފުރައްސާރައިގެ ވާހަކައެކެވެ. ފިރިހެނެއްގެ ފަރާތަކުން ނޫނެވެ. އެހެން އަންހެން ކުއްޖެއްގެ ފަރާތުންމެވެ.

ކުއްޖާގެ ރައްކާތެރިކަމަށްޓަކައި އޭނާގެ ނަމާއި އެހެން އެއްވެސް ތަފްސީލެއް ވެސް "ދެން" ގެ ފަރާތަކުން ނުހިމަނާނަމެވެ.

"އެއީ އަަހަރެންގެ އުމުރުން 16 އަހަރުގައެވެ. އަހަރުމެން ދިރިއުޅުނީ އެހެން އާއިލާއަކާވެސް އެކު މުޅިއަކު ހަަތަރު ކޮޓަރި ހުރި ދެ ފަންގިފިލާ ހުންނަ ގެއެއްގައެވެ.

އަހަރެންގެ ހުންނަނީ ހުސް ބޭބެމެން ތަކަކަށްވުމުން، އަަހަރެން ނިދީ އަނެއް އާއިލާގެ އަންހެން ކުދިންތަކަކާއެކު އެމީހުންގެ ކޮޓަރީގައެވެ.

އެކޮޓަރީގައި އަހަންނާއެކު އުޅުނު ދެ އަންހެން ކުދިންގެ މަންމަ ވެސް އުޅުނެވެ.

އެއް ރޭ އަހަންނަށް ހޭލެވުނީ އެއަންހެން މީހާ އަހަންނަށް ބޮސްދެމުން ދަނިކޮށެވެ. އެމީހާ އަހަރެންގެ ޖިންސީ ގުނަވަނުގައި އަތްލާ، ޖިންސީ ފުރައްސާރަ ވެސް ކުރިއެވެ. އަހަރެން އޭނަގެ ކިބައިން ސަލާމަތް ވެވޭތޯ ގަދަ އަޅާ މަސައްކަތް ކުރީމެވެ. އެމީހާ ކޮށްޕާލާ، އެހެން ނޫޅުމަށް ބުނެ އެންމެ ފަހުން އަހަރެން ރުޅިއައުމުން އޭނާ ހުއްޓާލިއެވެ. ނަމަވެސް އޭނަ ބުނީ އަަހަރެން ދެކެ 'ލޯބި' ވާ ކަމަށެވެ. އަހަރެން އޭނައާއިމެދު އެގޮތަށް ނުވިސްނަމޭ ބުނީމެވެ.

އަހަރެންގެ ފިރިހެން ރައްޓެއްްސެއް ހުރެއެވެ. އެއެކުވެރިޔާ ބައެއް ފަހަރު މަޖަލަކަށް އަހަރެންގެ އިސްތަށިގަނޑާއި ކުޅެއެވެ. އަދި އަހަރެން ވެސް އޭނަގެ އުނގުގައި ބައެއް ފަހަރު ބޯ އަޅައިގެން އޮވެ ނިދަމެވެ. ނަމަވެސް އަހަރުމެންނަކީ ހަމައެކަނި ގާތް ދެ އެކުވެރިންނެވެ.

އެއްދުވަހު އަހަރެންގެ އެއެކުވެރިޔާއަށް މީހަކު ވަޅިން ބިރުދެއްކިއެވެ. އަދި ބުނީ އަހަރެންގެ ގޭގައި އުޅޭ އަންހެންމީހާ އަހަރެންގެ އެކުވެރިޔާ ދެކެ ހަސަދަވެރިވާ ކަމަށާއި އެހެންކަމުން އަހަންނާއި ދުރުގައި ހުރުމަށެވެ.

އޭގެ އެހެން ރެއަކު އަހަންނަށް ހޭލެވުނީ އެއަންހެންމީހާ، އަހަރެން ލައިގެން ހުރި ހެދުން ދަށުން އަހަރެންގެ ބަނޑުގައި އަތް ލަނިކޮށެވެ. އަހަރެން އޭނަގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާފައި ފޮޅާލުމަށްފަހު، ދެން އަހަރެންގެ ގައިގާ އަތްލައިފިއްޔާ އަތް ބިންދާލާނަން ކަމަށް ބުނީމެވެ.

އެރޭ އަހަރެން ވަރަށް ހުތްވަރެއް ކޮށްފައި ގޭގެ އެންމެން ކައިރީގައި އެވާހަކަ ކިޔައިދިނީމެވެ. އެއަންހެން މީހާ އެގެއިން އެވަގުން ވަގުތަށް ބޭރުކޮށްލިއެވެ. އަދި އޭގެ ފަހުން އަހަރެން ނިދަނީ އަހަރެންގެ މަންމަމެންނާއެކު އެކޮޓަރީގައެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!