ޚަބަރު

ކޮވިޑް-19: ތުޅާދޫން ދެ މީހަކު ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބ. ތުޅާދޫގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

ތުޅާދޫ ސިއްހީ މަރުކަޒުން ބުނީ ފައްސިވެފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެރަށަށް ގޮސް ކަރަންޓީނު ވެފައިވާ ދެމީހުން ކަމަށާއި މި ދެމީހުން ފައްސިވެފައިވާ ކަން އެނގިފައިވަނީ މިއަދު ކަރަންޓީނު ނިންމުމަށް ފަހު ނެގި ސާމްޕަލްއިން ކަމަށެވެ.

ހެލްތް ސެންޓަރުން އިތުރަށް ބުނީ މި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އިތުރު މީހަކާ ބައްދަލުވެފައި ނުވާ ކަން ފާހަގަވެފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވަމުން އަންނަ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރެއިންނާއި ރިސޯޓުތަކުން ފައްސިވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ވެސް މާލެއިން 117 މީހުންނާއި، އަތޮޅުތެރެއިން 4 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 12 މީހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!