ބޮލީވުޑް

ފިލްމެއްގައި ބުނި އެއްޗަކާ ގުޅިގެން އަކްޝޭ ކޯޓަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

2016 ވަނަ އަހަރު ރިލީޒް ކުރި ރުސްތުމް ފިލްމުގައި އަކްޝޭ ކުމާރު، ގާނޫނީ ވަކީލުންނާ ގުޅުވައި ދެއްކި ވާހަކައަކާ ގުޅިގެން އަކްޝޭ ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

Ads by MWSC

މި ފިލްމުގެ މަންޒަރެއްގައި އަކްޝޭ ގާނޫނީ ވަކީލުންނަށް “ލަދުކުޑަ” އޭ ގޮވުމާ ގުޅިގެން އެ މައްސަލައިގައި ގާނީނީ ވަކީލުންގެ ޓީމަކުން ވަނީ މަދްޔާ ޕްރަދޭޝްގެ ކަތްނީ ކޯޓަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

މި މައްސަލައާ ގުޅިގެން އަކްޝޭގެ އިތުރުން ޒީ އެންޓަޓެއިންމެންޓުގެ ސުބާޝް ޗަންދްރާއަށް ވަނީ އަންނަ މާޗު މަހުގެ 10 ވަނަ ދުވަހު ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައެވެ.

މިކަމާ ގުޅިގެން މިހާތަނަށް އަކްޝޭ ވެސް އަދި ޒީ އެންޓަޓެއިންމެންޓުން ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ރުސްތުމް ފިލްމު ރިލީޒް ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ. މި ފިލްމުގައި އަކްޝޭ ފެނިގެން ދިޔައީ އިންޑިއާގެ ނޭވީއެއްގެ ރޯލުންނެވެ.

ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ "ރުސްތުމް" ގައި އަކްޝޭ އާ އެކު އިލިއާނާ ޑި ކްރޫޒާއި އީޝާ ގުޕްތާ ވެސް ފެނިގެން ގޮސްފައިވެއެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ޓީނޫ ސްރޭޝް ދެސާއީ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!