Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރިޕޯޓް

އަނބި ދަރިންނާއި ވާހަކަ ނުދެއްކޭތާ ދެމަސް ދުވަސް ވެއްޖެ، އެމީހުން ތިބި ހާލެއްވެސް ނޭނގެ: އިންޑިއާ ބިދޭސީން

އަނބި ދަރިންނާއި ވާހަކަ ނުދެއްކޭތާ ދެމަސް ދުވަސް ވެއްޖެ، އެމީހުން ތިބި ހާލެއްވެސް ނޭނގެ: އިންޑިއާ ބިދޭސީން

މިއީ މިމަހުގެ 6 ވަނަ ދުވަހު ހުޅުމާލޭގައި މުޒާހަރާކުރި ބިދޭސީންގެ ޝުޢޫރުތަކެކެވެ.

އިންޑިއާ އަށް ނިސްބަތްވާ 600 އެއްހާ އެބިދޭސީން ބުނެފައިވަނީ އެމީހުންނަށް މުސާރަ ނުލިބޭތާ މިހާރު ހަތް މަސް ވެއްޖެ ކަމަށެވެ.

ހުޅުމާލޭގައި ފުލުހުންނަށް އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ކުރުމަށް މިބިދޭސީންނާއި ހަވާލުކުރީ "އައިލެންޑް އެކްސްޕާރޓް" އިން ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement
Allied — Dhen Online (box)

އަމިއްލަ ޖަމާއަތެއް ކަމަށްވާ "ނަވާނަވައި" އިން މިބިދޭސީންނާއި އިންޓަވިއު ކުރުމުން އެމީހުން ބުނެފައިވަނީ، އެމީހުން ރާއްޖެ އައިސް އުޅޭތާ މިހާރު އަހަރެއްވެފަައިވާއިރު މުސާރަ ނުދޭތާ ހަތް މަސް ދުވަސް ވެފައިވާ ކަމަށެވެ.

އެމީހުން ބުނިގޮތުގައި އެކުންފުނިން އެމީހުންނާއިމެދު އެއްގޮތަކަށް ވެސް އަޅާނުލާތާ، އަދި އެމީހުންގެ ކަންބޮޑުވުންތައް އަޑުވެސް ނާހާތާ 3 ނުވަތަ 4 މަސް ވެދާނެއެވެ. ކެއިން ބުއިމާއި ބޭސްފަރުވާގެ ކަންކަން ވެސް އެމީހުންނަށް ފުރިހަމަ ނުކޮށްދޭ ކަމަށް ބުނެފައިވެއެވެ.

"އަހަރެންގެ އަނބިދަރިންނަށް ނުގުޅޭތާވެސް މިހާރު ދެ މަސް ދުވަސް ވެއްޖެ. އެމީހުން ތިބި ހާލެއް އަހަންނަކަށް ނޭނގެ. މިތަނުގައި ތިބި ބައެއް މީހުން ކައިބޮއެ އުޅެނީ އެމީހުންގެ އާއިލާއިން އެމީހުންނަށް ފައިސާ ފޮނުވީމަ. އެހެންވެސް އަހަރުމެން ކަހަލަ ފަގީރުން ކީއްކުރާނީ؟ އަހަރެންގެ އާއިލާއަކަށް ނުފޮނުވޭނެ އަހަންނަށް ދޭނެ ފައިސާއެއް" އޭގެ ތެރެއިން އެކަކު ބުނެފައިވެއެވެ.

އެމީހުން ބުނި ގޮތުގައި ދަތް އުނގުޅާނެ ބޭހެއްވެސް ނެތިގެން އޭގެތެރެއިން ގިނަ މީހުން ދަތް އުނގުޅަނީ ގަހުން ކުދި ގޮފިކޮޅުތައް ނައްޓައިގެންނެވެ. ފެންވަރާނެ ސައިބޯންޏެއް ވެސް ނެތް ވާހަކަ އެމީހުން ބުންޏެވެ.

ބިދޭސީން ބުނި ގޮތުގައި މިދިޔަ ރަމަޟާންމަހު ވެސް އެމީހުން ދިރިއުޅެފައި ހުރީ އެހާ ހާލުގައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެމީހުންނަށް މުސާރަ ނުލިބޭ ކަމަށް ވެސް ބިދޭސީން ބުނެފައިވެއެވެ.

We spoke to the Indian migrant workers who protested in Hulhumale on 6 July. They are employed by a company called...

Posted by Navaanavai on Wednesday, July 8, 2020

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް