Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ލޯންޗަކާއި ދޯންޏެއް ޖެހި ދެ މީހެއްގެ ހާލު ސީރިއަސް ވެއްޖެ

ލޯންޗަކާއި ދޯންޏެއް ޖެހި ދެ މީހެއްގެ ހާލު ސީރިއަސް ވެއްޖެ

ގއ.ވިލިނގިލީ ނެރުމަތިން ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ހަތަރު މީހަކަށް އަނިޔާވެ އެތަނުން ދެމީހެއްގެ ހާލު ސީރިއަސް ވެގެން ފަރުވާދޭން ފަށައިފިއެވެ.

ގއ.ވިލިނގިލީ ކައުންސިލަރު ހަބީބު ހަސަން "ދެން"އަށް މައުލޫމާތު ދެމުން ވިދާޅުވީ އަނިޔާވެފައި ވަނީ ލޯންޗުގައި ހުރި ދެމީހަކަށާއި ދޯނީގައި ހުރި ދެމީހަކަށް ކަމުގައެވެ. އެގޮތުން ލޯންޗުގެ ފަހަތު ސީޓުގައި އިން މީހާ އާއި ދޯނީގައި ހުރި އެކެއްގެ ހާލު ސީރިއަސް ކަމުގައި އޭނާ ވިދާޅުވިއެވެ.

އިތުރަށް "ދެން"އާ ވާހަކަ ދައްކަވަމުން މަންޒަރު ދުށް މީހުންނާ ހަވާލާދީ ހަބީބު ވިދާޅުވީ ދޯނީގައި ޖެހި ލޯންޗު ދިޔައީ ދޯނި މަތިން އަނެއް ފަރާތަށް ކަމުގައެވެ.

Advertisement
Allied — Dhen Online (box)

އަނިޔާވި މީހުންގެ ތެރެއިން ލޯންޗުގެ ފަހަތު ސީޓުގައި އިން މީހާގެ މޫނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އޭނާގެ އެސްފިޔަ އާއި ބުމަ ކައިރިން އިރައިގެން ގޮސްފައިވާ ކަމުގައި ހަބީބު ވިދާޅުވިއެވެ. އެމީހާގެ މޫނުން އަދިވެސް ލޭ މަނާނުވާ ކަމުގައި ވެސް ހަބީބު ފާހަގަ ކުރެއްވިއެވެ. އަދި ދޯނީގައި ހުރި މީހާގެ އަތް ކޮނޑުހުޅުން ނެއްޓި އެކިތަންތަނުން ބިންދައިގެން ގޮސްފައިވާ ކަމުގައި ވެސް ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން، ލޯންޗު ދުއްވަން އިން ކައްޕި އަށް އެކިވަރުގެ ގެއްލުން ލިބިފައިވި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމުގައި ހަބީބު ވިދާޅުވިއެވެ. އަދި ދޯނީގައި ހުރި އެކަކުގެ ބޮލުގައި ލަކުޑިގަނޑަކުން ޖެހި ފަޅައިގެން ދިޔަ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި ހާލު ސީރިއަސްވި ދެމީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމުގައި ވެސް ހަބީބު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް