ރިޕޯޓް

ރޭޕްގެ ޝިކާރައަކަށްވި ދިވެހި އަންހެން ކުއްޖެއްގެ ދުލުން: "އެތައް އަހަރަކު އެބިރުވެރިކަމުގައި އުޅެން ޖެހުނު!"

ދެން އެމްވީ ، ދެން އޮންލައިން

މިއީ ވެސް ދިވެހި އަންހެން ކުއްޖަކަށް ދިމާވި ކަމެކެވެ.

Ads by Hajj Corporation

މިވާހަކަ އޭނާ ވަރަށް ހިތްވަރު ކޮށްފައި ހިއްސާކޮށްފައިވަނީ، އޭނައަށް އިންސާފު ލިބިފައިވާތީއެއް ނޫނެވެ. ނަމަވެސް އެވާހަކަތައް ހިއްސާ ކުރުމުން ހިތްހަމަ ޖެހުމުންނެވެ.

"އެއީ މީގެ ހަ އަހަރު ކުރިއެވެ. އަަހަރެން އެއިރު ތައުލީމު ހާސިލް ކުރީ ގްރޭޑް 8 ގައެވެ. އަަހަރެންގެ މައިންބަފައިން ވަރިވުމަށްފަހު ބައްޕަ އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅި، ކައިވެނި ކުރިއެވެ. އަދި އަހަންނާއި އަހަރެންގެ އަންހެން ކޮއްކޮ ބަދަލުވީ ބައްޕަމެންގެ ގެއަށެވެ.

ދޮންމަންމަގެ އެހެން ދަރިއެއް ވެސް ހުއްޓެވެ. އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ހުރިހާ ކަމެއް ވެސް ފުރަތަމަކޮޅު ދިޔައީ ރަނގަޅަށެވެ.

އެކަމަކު އެއް ދުވަހު އަހަރެން ސްކޫލް ނިންމާފައި ގެއަށް އައި އިރު ގޭގައި ހުރީ އެފިރިހެން ކުއްޖާ އެކަންޏެވެ. އޭނަ އަހަރެން ޖައިރީގައި ބުނީ ފޫހި ވެގެން އުޅޭ ކަމަށާއި ސަންސެޓު ބަލާލަންށާއި އޭނައާއެކީ ގޭމު ކުޅެލަން ދިޔުމަށެވެ.

އަހަރެންގެ ވެސް އެއިރު އެހާ ގިނަ އެކުވެރިން ނުތިބޭތީ އެކަމަށް އެއްބަސްވީމެވެ.

ސަންސެޓް ބަލަން ގޮސްފައި އައިސް، އޭނަގެ ކޮޓަރިއަށް ވަދރ ޕީއީއެސް ކުޅެން ފެށީމެވެ.

ކުއްލިއަކަށް އޭނަ އިނދެފައި އެހީ "ސެކްސް" އަކީ ކޯޗެއްތޯ އަަހަންނަށް އިނގޭތޯއެވެ. އަހަންނަށް އެއްޗެއް ބުނެވުމުގެ ކުރިން ވަރަށް ރުޅިވެރި، އިންޒާރުދޭ ގޮތަކަށް "ދައްކާށޭ ދައްކާނަމޭ" ބުނެ އޭނަ އަހަރެން ބިރުދެއްކިއެވެ. އަދި އެއްޗެހި ބާލާށޭ ބުނެ އަމުރުވެސް ކުރިއެވެ.

އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. އެއިރުވެސް ގޭގައި އިތުރު މީހަކު ނެތުމުން އަހަންނަށް އެހީތެރިވާނެ މީހަކު ނެތެވެ. ބިރުން ހުރެ އޭނަ ބުނި ގޮތަކަށް ކަންތައް ކުރީމެވެ. އަދި އޭނަ އަހަރެން ރޭޕް ކުރިއެވެ.

ރޭޕްކޮށް ނިމިގެން އޭނަ ބުނީ އެއްވެސް މީހެއް ކައިރީ އެވާހަކަ ބުނެފިއްޔާ ދެން އޭނަ ރޭޕް ކުރާނީ އަހަރެންގެ ކޮއްކޮ ކަމަށެވެ. ކޮއްކޮގެ އުމުރުން އެއިރު އެންމެ ފަސް އަހަރެވެ. އެހެންކަމުން އަހަރެން އިތުރަށް ބިރުގަތެވެ.

އޭގެފަހުން އަހަރެން ސްކޫލް ނިމުމާއި ހަމައަށް ވެސް އެކަން ދިޔައީ ކުރިއަށެވެ. އެއްދުވަހު އަހަރެންގެ ބައްޕަ އަހަރެން ގާތު އެހީ، އަހަރެން ގައިގާ އަތްލާން ނުޖެހޭ ގޮތަކަށް އަތްލިތޯއެވެ. ބައްޕަ ބުނީ އެފިރިހެން ކުއްޖާ އޭނަގެ ދެބެންގެ ދެދަރި ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތަކެއް އިވިގެން ކަމަށެވެ.

އެދުވަހު އަހަރެން ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ބައްޕަ ދޮންމަންމަ ވަރިކުރިއެވެ. އަދި ދޮންމަންމަގެ ދަރިއާއި ދެކޮޅަށް މައްސަލަވެސް ޖެއްސިއެވެ.

ނަމަވެސް އޭގެ ހަ ވަރަކަށް މަސް ފަހުން އެކޭސް ބަންދު ވިއެވެ. އަހަންނަކަށް އިންސާފެއް ނުލިބެއެވެ."

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!