Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
މުނިފޫހިފިލުވުން

އަމީތާބު ކޮވިޑަށް ފައްސިވެ، ހުރިހާ ފޭނުން ހިތާމައަަކަށް

އަމީތާބު ކޮވިޑަށް ފައްސިވެ، ހުރިހާ ފޭނުން ހިތާމައަަކަށް

މުޅި ދުނިޔެއަށް މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ބޮލީވުޑް ގެ މަޝްހޫރު ފިލްމީތަރި އަމީތާބް ބަޗަން ވެސް ފައްސި ވެއްޖެއެވެ.

ބައްޔަށް ފައްސި ވެފައިވާކަން ހާމަ ކުރަމުން އަމީތާބު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ މިހާރު ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާއިރު، އެއާއިލާގެ އެހެން މެންބަރުންނާއި އަމީތާބުގެ ސްޓާފުން ވެސް މިބައްޔަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ.

"އަހަރެން މިވަނީ ކޮވިޑް-19 އަށް ފައްސިވެފައި. މިހާރު އަހަރެންގެ އާއިލާގެ އެހެން މީހުންނާއި، ސްޓޭފުންގެ ވެސް ސާމްޕަލް ނަގާފައިވޭ. އަހަރެން އެދެނީ މިދިޔަ 10 ދުވަސް ތެރޭގައި އަހަންނާއި ގާތްކޮށް އުޅުނު އެންމެންނާއި، ބައްދަލުވި އެންެމްން ވެސް ވީއެންމެ އަވަހަކަށް ޓެސްޓު ކުރުމަށް" އުމުރުން 77 އަހަރުގެ އެކްޓަރު ޓްވީޓު ގައި ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

އަމީތާބް ބަޗަން ކޮވިޑަށް ފައްސިވުމުން މިހާރު ވެސް ގިނަ ބަޔަކު ދަނީ އެކަމާއި ހިތާމަކޮށް އޭނާއަށް ހެޔޮ ދުޢާ ފޮނުވަމުންނެވެ.

އެގޮތުން އަމީތާބްގެ ފޭނުންގެ އިތުރުން، ބޮލީވުޑްގެ ކުދިބޮޑު އެންމެހާ ތަރިންވެސް ވަނީ އަމީތާބަށް ހެޔޮ ދުޢާ ފޮނުޥާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް