ޒަންޑަ ހަނާރާ ފުޓްސަލް ކަޕް 2021: ފައިނަލުގައި ކޭންކޭން އާއި ބްލޯ ކިންގުގެ ގަދަހިފުން މިރޭ

ނ.މާފަރު ކްލަބެއް ކަމަށްވާ ކްލަބް މެދު ސިިޓީއިން އިސްނަގައިގެން ކުރިއަށް ގެންދާ ޒަންޑަ ހަނާރާ ފުޓްސަލް ކަޕްގެ ފައިނަލަށް ކޭންކޭން އެސްސީ އާއި ބްލޯ ކިންގު ދަތުރު ކޮށްފިއެވެ.
ބްލޯ ކިންގު ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ މިއަދު ހަވިރު 4:15ގައި ލަޕުލްގާއާ ދެކޮޅަށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. އެގޮތުން މި މެޗު ބްލޯ ކިންގުން ކާމިޔާބު ކުރީ 2-14ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ބްލޯ ކިންގުގެ އަލީ ސަމާލް (ޓޮބީ) ވަނީ 9 ގޯލް ކާމިޔާބު ކޮށްފައެވެ. އަދި މެޗުގައި ހުސެން ފަލާހް (ޕަޓޯ) ވެސް ވަނީ ހެޓްރިކް ހަދާފައެވެ. ދެން އެޓީމުގެ ގޯލްތައް ޖެހީ އަހްމަދު ހަބީބު އަދި ސާމިހް މުސްތަފާ (ސާމިހްޓޭ) އެވެ. މި މެޗުގައި މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލީ ސަމާލް (ޓޮބީ) އެވެ.

ކޭންކޭން އެސްސީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ މިއަދު ހަވީރު 96 ހެޕީ ކްލަބާ ވާދަކޮށް 2-5ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ކޭންކޭންގެ އަފްރާހް މުހައްމަދު (މެސީ) ވަނީ ހެޓްރިކް ހަދާފައެވެ. އަދި މެޗުގައި އެޓީމުގެ ހަސަން މިފްރާހް އަދި އަބްދުއްރައުފް ވެސް ވަނީ ގޯލެއް ޖަހާފައެވެ. މި މެޗުގެ މޭން އޮފް ދި މެޗަކަށް ހޮވުނީ ކޭންކޭން އެސްސީގެ އަފްރާހް މުހައްމަދު (މެސީ) އެވެ،

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 9:30ގައެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މާފަރުގެ އެކި ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރާ ޒުވާނެއް ކަމަށްވާ ޒަހީން އަބްދުﷲއެވެ. އަދި މި މުބާރާތުގެ ކޯ ސްޕޮންސާ އަކީ މާފަރުގެ ކްލަބެއް ކަމަށްވާ "ބުއްލާރު" އެވެ. މީޑިއާ ސްޕޮންސަރަކީ "ދެން އެމްވީ" އެވެ. އަދި ފޮޓޯގްރަފީ ޕާރޓްނަރަކީ "ދި އައިލެންޑް ފޮޓޯގްރަފީ" އެވެ