ދުނިޔެ

ކޮވިޑް19: ތިން ހޮސްޕިޓަލުން ފަރުވާ ދޭން ދެކޮޅު ހެދި މީހަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގައި ކޮވިޑް19 އަށް ފައްސިވި އުމުރުން 18 އަހަރުގެ ކުއްޖަކަށް، ތިން ހޮސްޕިޓަލުން ފަރުވާ ދޭން ދެކޮޅު ހެދުމުން މަރުވެއްޖެއެވެ.

Ads by Sosun Fihaara

ކަލްކަތާ ގައި މިހިނގި ހާދިސާގައި އެކުއްޖާގެ މަންމަ ވަނީ އެ ސިޓީގެ ތިން ހޮސްޕިޓަލެއްގެ އެހީ އަށް އެދިފައެވެ. ނަމަވެސް އެ ތިން ހޮސްޕިޓަލުން ވެސް ވަނީ އެކުއްޖާ އަށް ފަރުވާ ދޭން ދެކޮޅު ހަދާފައެވެ.

އެ ކުއްޖާ މަރުވެފައިވަނީ ލިބެން ޖެހޭ ސިއްހީ އެހީތެރިކަން ލަސްވުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ އާއިލާއިން އިންޑިއާ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުއްޖާ އަކީ ޑައިބެޓިކްސް ހުންނަ ކުއްޖެކެވެ. އަދި ހުކުރު ދުވަހު އޭނާ ނޭވާލާން އުނދަގޫ ވާތީ އެންމެ ފުރަތަމަ ކަމަރާތީ ގެ އީއެސްއައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އެ ހޮސްޕިޓަލުން އެ ކުއްޖާ އަށް ފަރުވާ ދޭން ދެކޮޅު ހެދީ އެ ހޮސްޕިޓަލުގައި އައިސީޔޫ އެނދު ނެތް ކަަމށް ބުނެއެވެ.

ދެން ކުއްޖާ ގެންދިޔަ ޕްރައިވެޓް ހޮސްޕިޓަލުން އޭނާގެ ޓެސްޓު ހަދައިދިން ނަމަވެސް އެނދު ނެތިގެން ފަރުވާ އެއް ނުލިބުނެވެ.

އަދި ދެން ގެންދިޔަ ސަރުކާރު ގެ ހޮސްޕިޓަލުން ވެސް ފަރުވާ ނުދެވި ލަސްވެ، އެމްބިއުލޭންސް ގައި މަޑުކުރަނިކޮށް މަރުވީ ކަމުގައި އޭނާގެ ބައްޕަ ބުނެފައިވެއެވެ.

އެންމެ ފުރަތަމަ ވެސް ހޮސްޕިޓަލަށް ގެންދިޔުމުން ފަރުވާ ދިންނަމަ އޭނާގެ ދަރިފުޅު ސަލާމަތް ވާނެ ކަަމަށް އެކުއްޖާގެ އާއިލާއިން ގަބޫލު ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!