Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ބޮލީވުޑް

ޒަރީން ޚާންގެ ކުރީގެ މި ފޮޓޯ ފެނިފައި އާޝޯޚު ނުވާ މީހަކު ވަރަށް މަދު!

ޒަރީން ޚާންގެ ކުރީގެ މި ފޮޓޯ ފެނިފައި އާޝޯޚު ނުވާ މީހަކު ވަރަށް މަދު!

ޒަރީން ޚާން އަކީ ބޮލީވުޑުގެ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ތަރީންގެ ތެރެއިން އެކެކެވެ. އޭނާ އަކީ އެތައް ބައެއްގެ ފޭވަރިޓަކަށް ވެފައި އެތައް ފިރިހެނުންގެ ހިތްތައް ދީވާނާ ކުރުމުގައި ކުޅަދާން ފަންނާނެކެވެ.

މިފަހަކުން ޒަރީން ޚާންގެ ކުރީގެ ފޮޓޯއެއް މީސްމީޑިއާގައި ވަނީ ދައުރުވާން ފަށައިފައެވެ. އަދި އެހާރާއި މިހާރު އޭނާގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލު އެ ފޮޓޯއިން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. ކުރެވިފައިވާ މަސައްކަތާއި ކުރި ހިތްވަރު އޭގެން ފެނިގެން ދެއެވެ.

<img class="alignnone size-medium wp-image-69422" src="https://cdn.dhen.mv/wp-content/uploads/2021/03/88C985C9-B81A-482B-BFF2-A1E5EA55E921-300x225.jpeg" alt="" width="300" height="225" />

Advertisement
Allied Insurance — Square (box)

މަތީގައި އެވާ ފޮޓޯއަށް ބަލާލުމުން ފެނިގެން އެދަނީ އެކަކުކަން އެނގެއެވެ. އަދި އެންމެ ބޮޑަށް ފާހަގަ ވާނީ މީހާގެ މުޅި ހަށިގަނޑަށް ގެނެސްފައިވާ އާދަޔާ ޚިލާފު ބަދަލެވެ. އެފޮޓޯގައި ވާތް ފަރާތުން ފެނިގެން އެދަނީ ޒަރީން ޚާން ކުރިން ހުރި ގޮތެވެ. އެއީ އޭނާ ބޮލީވުޑުގެ ދާއިރާއަށް ނިކުތުމުގެ މާ ކުރިންނެވެ. އެހެން ނަމަވެސް ބޮލީވުޑަށް ވަދެވި، ހަށިގަނޑު ރީތި ބައްޓަމަކަށް ބިނާ ކުރުމަށް އޭނާ ކުރި ބުރަ މަސައްކަތުން މިހާރު ޒަރީން ޚާންގެ ހަށިގަނޑު ވަރަށް ވެސް ރީއްޗެވެ.

މިކަމުން ވެސް ދޭހަ ވަނީ މަސައްކަތް ކުރި ބަޔަކަށް އެމަސައްކަތުގެ ފޮނި ރަހަ ލިބިގެން ދާނޭކަމެވެ. އަދި ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ސާބިތުކަމާއެކު ހިތްވަރު ލައިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނޭ ކަމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް