ޚަބަރު

ނިދާފައި ތިބި މީހުންގެ ފޮޓޯތަކަކީ ފޭކެއް ކަމަށް ބުނުމުން ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ގޮވާލަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ވެރިރަށް މާލޭގެ އުތުރު ފަރާތު ބަނދަރުގެ ކަނޑިންމަ ފައިކަށިމަތީ، ފޮށިތަކެއް އަޅައިގެން އޭގެ މަތީގައި ނިދާފައި ތިބި ބައެއްގެ ފޮޓޯއަކީ ފޭކް ފޮޓޯތަކެއް ކަމަށް ބުނުމުން، މޭޔަރު ޝިފާ މުޙައްމަދު ހޫނު ފެނަށް ވެއްޓިއްޖެއެވެ.

Ads by STELCO

ރައީސް އަދި އިތުރު ބައެއް ފަރާތްތަކާއެކު، މޭޔަރު ޝިފާ ވެސް ހިމެނޭހެން ޓެގްކޮށް މީހަކު ޓްވީޓްކޮށްފައިވާ މި ފޮޓޯގައި ފެންނަނީ ފޮށިގަނޑު ތަކެއްގެ މަތީގައި ނިދާފައި ތިބި 4 ޒުވާނެކެވެ. އަދި ނިދާފައި ތިބި އިރު، ކައިރީގައި ފޮށިތަކެއް ވެސް ހުއްޓެވެ.

މޭޔަރު ޝިފާ، މި ޓްވީޓަށް ރިޕްލައި ކުރަމުން ބުނެފައި ވަނީ، މިހާ ގިނަ ސާމާނު ހިފައިގެން ގޮސް ނިދާފާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި "ޖެނުއިން" ފޮޓޯއެއް ލުމަށް އެދޭ ކަމަށެވެ.

ޝިފާގެ މި ޓްވީޓާއެކު ގިނަ ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އަދި މިއީ މޭޔަރުގެ މަޤާމުގައި ހުރެ ދައްކައިގެންވާނެ ވާހަކަތަކެއް ނޫން ކަަމަށާއި ބަހުރުވަ ހުރެގެން ވާނެ ގޮތް ނޫން ކަަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ. އަދި މޭޔަރުގެ އިސްތިޢުފާއަށްވެސް ބަޔަކު ދަނީ މީސްމީޑިއާގައި ގޮވަމުންނެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހިމެނި ވަޑައިގަންނަވައެވެ.

އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިތުރު ގެއްލުން ދިނުމުގެ ކުރިން، ޝިފާގެ އިތުބާރު ނެތް ކަމަށް ވޯޓް ނެގުމަކީ ބާކީ ތިބި ސިޓީ ކައުންސިލް މެންބަރުންގެ ޒިންމާއެއް ކަމަށެވެ.

ފަހަކަށް އައިސް މަގުމަތީގައި ނިދާ މީހުންނާއި ސަލާން ޖަހާ މީހުންގެ އިތުރުން ޑަސްބިން ހާވައިން ތަކެތި ހޮވާ މީހުން ވަނީ މާލޭގައި އިންތިހާއަށް އިތުރުވެފައެވެ.

Ads by Allied Insurance
  1. ދިރާމް

    ތިފޮޓޯއަކީ ހަގީގަތް.މިއަދު ހެނދުނު 6ޖެހިއިރު ނެގި ފޮޓޯއެއް..ކޮންމެ ރެއަކު މާލޭ ނެރުބައްތި ބުނޑުގައި ތިބޭނެ ތިމީހުން..ފިހާރަތައް ބަންދުކުރުމުން ބޭރަށް ނެރޭ ކަރުދާސްފޮށިތައް ހިފައިގެން އައިސް އެތިބެނީ..