ޚަބަރު

ދިއްފުށީގައި ޒުވާނަކު ދަންޖެހިފައި ހުއްޓާ މަރުވުމުގެ ކުރިން ސަލާމަތްކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ކ. ދިއްފުށީގަައި ޒުވާނަކު އަމިއްލައަށް މަރުވާން ވެގެން ދަންޖެހިފައި ހުއްޓާ ސަލާމަތް ކޮށްފިއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި އެމީހާ ސަލާމަތް ކޮށްފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ތެރެއިންނެވެ.

ދިއްފުށިން އަމިއްލައަށް މަރުވާން އުޅުނީ ފިރިހެނެއް ކަމަށާއި އޭނާ ސަލާމަތް ކުރީ ބަޔަކު ގޮސް ދޮރު ވައްޓާލުމަށްފަހު އެކޮޓަރިއަށް ވަދެ އޭނާ ނަގައިގަނެގެންކަން ވެސް އެނގިފައިވެއެވެ. އެ މީހުން ކޮޓަރިއަށް ވަތްއިރު އޭނާ ހުރީ ދަންޖެހިފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާއާއި ގުޅިގެން ކ. ތުލުސްދޫއިން އެރަށަށް ފުލުހުން ގޮސް، މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

ދަންޖެހި މަރުވާން އުޅުނު މީހާގެ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބޭކަން ވެސް ވަނީ ހާމަވެފައެވެ.

އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދުވެސް ނުކުރުމަށެވެ.

މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!