ދުނިޔެ

ކޮވިޑް19 ވެކްސިން: ރަޝިއާ އިން ކާމިޔާބު ކަމާއެކު ހިއުމަން ޓްރަޔަލްސް ނިންމާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައިސް ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައިވާއިރު، ވައިރަހަށް ވެކްސިން އެއް އުފެއްދުމުގެ މަސައްކަތް ވެސް އަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.

Ads by Sosun Fihaara

އެގޮތުން ރަޝިއާ އިން ކޮވިޑަށް ތައްޔާރުކުރި ވެކްސިން ގެ ހިއުމަން ޓަރަޔަލް އިންސާނުންނަށް ވެކްސިން ދީގެން އަޖުމަ ބެލުން މި ވަނީ ނިމިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރަޝިއާ އަކީ މުޅި ދުނިޔެއިން ވެސް ވެކްސިން ގެ ހިއުމަން ޓަރްޔަލްސް ނިންމި އެންމެ ފުރަތަމަ ގައުމެވެ.

މިކަމާ ގުޅިގެން ނެރުނު ސްޓޭޓްމެންޓެއްގައި މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ސްމޮލްޔަރްޗުކް ބުނެފައިވާ ގޮތުގައި އިންސާނުން ބޭނުން ކޮށްގެން ކުރި ރިސާޗު ވަނީ ނިމިފައެވެ. އަދި މި ދިރާސާއިން އިންސާނުން ބޭނުން ކުރުމަށް މި ވެކްސިން ރައްކާތެރި ކަމަށް ދައްކާފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި ހިއުމަން ޓްރަޔަލް ގައި ބައިވެރިވި ފަރާތްތައް ޖުލައި 15 އާއި ޖުލައި 20 ގައި ހޮސްޕިޓަލުން ދޫކޮށްލެވޭނެއެވެ.

ހިއުމަން ޓަރަޔަލްސް ނިމުނު ކަމުގައި ވިޔަސް ވެކްސިން މާކެޓަށް ނެރުމުގެ ކުރިން އަދި އިތުރު 2 ޓެސްޓު ފުރިހަމަ ކުރަން ޖެހޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!