"އެމްއެމްޕީއާރްސީ މައްސަލާގައި އަނެއްކާވެސް ކަށަވަރުވެގެން މި ދިޔައީ ރައީސް ޔާމީން އަކީ ކުށްވެރިއެއް ނޫންކަން"
އެމްއެމްޕީއާރްސީގެ މައްސަލަ އިން އަނެއްކާވެސް ކަށަވަރުވެގެން މިދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ކުށްވެރިއެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އޭނާ މިނިވަންވުމާ ގުޅިގެންނެވެ.
އެގޮތުން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ އިން އަނެއްކާވެސް ކަށަވަރުވެގެން މިދިޔައީ ޔާމީން އަކީ ކުށްވެރިއެއް ނޫންކަން ކަމަށެވެ. އަދި ގަސްދުގައި މި ސަރުކާރުން ޔާމީނަށް އަނިޔާކުރާކަން ވެސް ހާމަވެގެން ގޮސްފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
MMPRC ge masala in anehkaa ves kashavaru vegen mi dhiya’ee RY akee kuhveri eh noon kan.gasdhugai misarukaarun RY ah aniyaa kuraakah.Maiy Allah,RY ah insaafu libeyne goiy medhuverikoh dhehvaa,mi aniyaaveringe aniyaa verikamun RY salaamaiy koh dhehvaan dheyve.Aameen! @Ch13official
— Abdul Raheem Abdulla (@Banafsaa) July 14, 2020
އަދީބުގެ މައްސަލައިގައި މިއަދު އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީއަކަށް ބޭސްފަރުވާ ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ބޭސްފަރުވާ ލިބޭނީ ވަކި ކުށްތަކަކަށް އިއުތިރާފްވުމުން ކަމަށް ޝަރުތުކޮށް، އެއްބަސްވުން ހެދުމުގެ ބާރެއް ދައުލަަތަށް ނޯންނާނެ ކަމަށާއި އެއީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ އަދީބާއިއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުގައި ޕްރޮސިކިއުޓަރު ޖެނެރަލް އާއި އަދި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. ބޭސްފަރުވާގެ ކަންކަމުގައި ޕީޖީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރާއި ކަރެކްޝަންސް ޒިންމާވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.