ޚަބަރު ރައްޔިތުންގެ މަޖިލިސް

ޤައުމު ވިއްކާލާ ވާހަކައާއި ލާދީނީއޭ ކިޔަނީ އެމްޑީޕީއަށް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވޭނެކަން ޔަޤީން ވުމުން: ވިސާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގެ ސަރުކާރުން ދިވެހި ޤައުމު ބޭރުގެ އެހެން ފަރާތްތަކަށް ވިއްކާލާ ވާހަކައާއި އެމްޑީޕީއަކީ ލާދީނީ ބައެއްގެ ގޮތުގައި ސިފަ ކުރަނީ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ބޮޑުތަނުން ކާމިޔާބު ކުރެވޭނެކަން ޔަޤީން ކުރެވޭތީ ކަަމަށް ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އުތުރު ތިލަފަޅާ ގުޅޭގޮތުން ހަގީގަތާ ޚިލާފް ވާހަކަ ދައްކާ މީހުންނާއި، އަދި ފޭކް އެއްބަސްވުންތައް ލީކު ރަމުންދާ މީހުންނާ މެދު ޤާނޫނީ ފިޔަވަޅުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ވިސާމް ވިދާޅުވީ، ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ގޮނޑިއެއް ވެސް އެމްޑީޕީ އިން ބޮޑުތަނުން ނަގާނެ ކަމަށެވެ.

"އަޅުގަނޑުމެން ލޯކަލް ކައުންސިލް އެމްޑީޕީން ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގެ ގޮނޑިތައް ބޮޑު ތަނުން ނަގާނެކަން ޔަޤީން ވުމުން ހަޤީޤަތުގައި އެކަމާ ގުޅިގެން ދައްކާނެ ވާހަކައެއް ނެތުމުން، ދިވެހި ޤައުމު ވިއްކާލާ ވާހަކައާއި އެމްޑީޕީއާ ދިމާޔަށް ލާދީނީ އޭ ކިޔާފަ މިބޭފުޅުން ވާހަކަ މިދައްކަނީ" ވިސާމް ވިދާޅުވިއެވެ.

މީގެ އިތުރުން ވިސާމް ވިދާޅުވީ، އުމަރު ނަސީރަކީ ސިޔާސީ ވާހަކަ ދައްކާ ބޭފުޅެއް ކަމަށާއި، އުމަރު ނަސީރު ސިޔާސީ ގޮތުން ދައްކަވާ ވާހަކައިގެ އަވައިގައި ޖެހިގެން ، ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން މަސައްކަތް ކުރާތީ ލަދު ގަންނަ ކަމަށެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ މަސްލަހަތު ގެއްލޭ ގޮތަށް އެއްބަސްވުންތައް ލީކު ކުރާނަމަ ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގައި އުމަރު ނަސީރު ހައްޔަރު ކުރުމަށް އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ގޮވާލަމުންނެވެ. އިއްޔެ އުމަރު ނަސީރު ވަނީ ލީކް ވެފައިވާ ޑޮކިއުމަންޓަކީ ސައްޙަ ޑޮކިއުމެންޓެއް ކަމަށާއި އެކަމާ ގުޅޭ އިތުރު މަޢުލޫމާތު މިއަދު ހިއްސާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ވޯޓުއޮޅުވާލާއިގެންނޫނގޮތަކަށ މިފަހަރަކު އެމް.ޑީ.ޕީ
    އެއނުހޮވޭނެ.

  2. ާއެލެކްސް އަހުމަދު

    ތިއޮތީއަތައްގޮވާފަތިއޮތީއަތައްގޮވާފަ ތިއޮތީއަތައްގޮވާފަތިއޮތީއަތައްގޮވާފަ

  3. މަނިއްޕުޅު

    ކައުންސިލް ކަލޭގެ ލާދީނީ ފިކުރަށް (އެމް ޑީ ޕީ އަށް) ދޭންޖެހޭ ސަބަބެއް ކިޔާދީބަލަ.