ރާއްޖޭގަައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 106 އަހަރުގައި ނިޔާވެއްޖެ!
 
                                                    ހދ. ހަނިމާދޫ އަށް ނިސްބަތްވާ، ރާއްޖޭގައި ހުރި އުމުރުން އެންމެ ދުވަސްވީ އަބްދުއްރަޙްމާން، މިއަދު ނިޔާވެއްޖެއެވެ.
އަބްދުއްރަޙްމާން ނިޔާވިއިރު އުމުރަކީ 106 އަހަރެވެ.
އޮންލައިން ނޫސް "ސީއެންއެމް" އިން ބުނެފައިވަނީ އަބްދުއްރަޙްމާން ނިޔާވީ މިއަދު ހެނދުނު 7:30 ގައި ކަމަށާއި މިއަދުގެ މެންދުރު ނަމާދަށްފަހު އޭނާ ވަޅުލާފައިވާ ކަމަށެވެ.
އަބްދުއްރަޙްމާން ނިޔާވީއިރު ބަލިހާލަތު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މާތް ﷲ މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ، ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.
إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون
 
  Ads by HDC
 
  
 
 
		
 
		
 
		
 
		
