ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ ނިންމުންތަކުގެ ތެރެއިން 19 ނިންމުމެއް އުވާލައިފި

ސުޕްރީމް ކޯޓުން އާންމުކޮށްފައިވާ ނިންމުންތަކުގެ ތެރެއިން 19 ނިންމުމެއް އުވާލައިފިއެވެ.
އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ނިންމުންތައް އުވާލީ އެ ނިންމުންތަކަކީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސި)ގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުގެ ގާނޫނަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން މިހާރު އަމަލު ނުކުރެވޭ ނިންމުން ތަކަކަށް ވާތީއެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން އުވާލި ނިންމުންތަކުގެ ތެރޭގައި އެ ކޯޓުން ނެރެފައިވާ ބައެއް ރޫލިންގ، ސާކިއުލާ، އުސޫލުތައް އަދި އާންމު ސިޓީ ހިމެނެއެވެ.
އުވާލި ރޫލިންގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުން ދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކަމަށް ކަނޑައެޅި ރޫލިން ވެސް ހިމެނެއެވެ.