ޚަބަރު

ތުޅާދޫގައި ކަރަންޓީނުގައި ހުރި މީހާ މަރުވީ ކޮވިޑް ޖެހިގެންނެއް ނޫން: ޑރ. ނަޒްލާ

ދެން އެމްވީ ، ދެން އޮންލައިން

ބ. ތުޅާދޫގައި ކަރަންޓީނުގައި ހުއްޓާ މަރުވި މީހާ، މަރުވި ފަހުން ކޮވިޑް-19 އަށް ޓެސްޓްކުރިއިރު ބައްޔަށް ފައްސިވި ނަމަވެސް އެމީހާ މަރުވީ އެބަލީގައި ނޫން ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހޯމް ކަރަންޓީނުގައި ހުއްޓާ ނިޔާވެފައިވަނީ ޢުމުރުން 59 އަހަރުގެ ފިރިހެނެކެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އެމީހާއަކީ ސީދާ ކޮވިޑް ޖެހިގެން މަރުވި މީހެއް ނޫން ކަމަށާއި އެމީހާ މަރުވި ސަބަބެއްގެ ގޮތުގައި ވަނީ ހާޓް އެޓޭކެއް ޖެހިގެންކަމަށެވެ.

އެފަރާތުގެ ސިއްހީ ހާލަތާއި ޑޮކްޓަރުންނަށް އޭނާ ހެލްތު ފެސިލިޓީއަށް ގެންދިޔުމަށްފަހު ކުރެވުނު ޓެސްޓް ތަކުގެ ނަތީޖާއަށް ބަލާއިރު އޭނާ ނިޔާވާން ސީދާ މެދުވެރިވި ސަބަބަކީ ހާޓް އެޓޭކެއް ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ސީދާ ކޮވިޑްގެ ސަބަބުން ނިޔާވީ މީހެއް ނޫންކަމަށް މިވަގުތު ނިންމިފައިވަނީ. މަރުވާން މެދުވެރިވި ސަބަބަކީ ކޮވިޑެއްނޫން އެހެންނަމަވެސް އޭނާ ކޮވިޑް ޕޮޒިޓިވްވީމާ ކޮވިޑް ރިލޭޓެޑް ކޭސްއެއްކަމަށް އަދި ޑެތްގެ ތެރޭގައި އޭނާ މިވަގުތު ނުގުނޭނެކަމަށް ވަނީ ނިންމާފައި." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 15 މީހަކު ވަނީ މަރުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!