Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އުނގޫފާރަށް ދިޔަ ސަރުކާރުގެ ޓީމު ކަރަންޓީނު ވާކަށް ނާންގާ: އިދިކޮޅު

އުނގޫފާރަށް ދިޔަ ސަރުކާރުގެ ޓީމު ކަރަންޓީނު ވާކަށް ނާންގާ: އިދިކޮޅު
ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް މިމަހު އަށްވަނަ ދުވަހު ރ. އުނގޫފާރަށް ވަޑައިގަތް ސަރުކާރުގެ ޓީމަށް ކަރަންޓީނު ވާން ނާންގާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެެވެ. އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އުނގޫފާރުން ކޯވިޑް ކޭސްތައް ފެނުމާ ގުޅިގެން މި މާރޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެރަށަށް ދަތުރުކުރި އެންމެން ކަރަންޓީނު ވުމަށް މިހާރު އަންގަމުން ދާކަމަށެވެ. ނަމަވެސް ހެލްތް މިނިސްޓަރ އަޙްމަދު ނަސީމާއި މަޖިލީހުގެ ބައެއް ވެސް ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ ބޭފުޅުން މި މާރޗްމަހުގެ 8 ވަނަ ދުވަހު އުނގޫފާރަށް ވަޑައިގެން ރައްޔިތުންނާ ވެސް ބައްދަލުކޮށް އެރަށުގައި ޙަރަކާތްތެރި ވެފައިވާއިރު، އެބޭފުޅުން ކަރަންޓީނު ވާން ނާންގާތީ އެ ކޯލިޝަނުން ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ.  އެ ކޯލިޝަނުން ވަނީ އުނގޫފާރުގައި ކޯވިޑް 19 ފެތުރިގެން ދިއުމަކީ މުޅި އަތޮޅަށް ވެސް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަކަށްވެފައި އެހެން އަތޮޅުތަކުން ވެސް އުނގޫފާރަށް ދަތުރުކުރި މީހުން ކަރަންޓީނުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާއިރު ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ކަމާއެކު އުސޫލުތައް ތަންފީޒު ކުރުމަށް ގޮވާލާފައެވެ. މީގެ އިތުރުން އެ ކޯލިޝަނުން ބުނެފައި ވަނީ ޚާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުށްޓަށް ދަތުރުކުރި މީހަކު ފައްސި ވުމާއި، ހަމަ އެފަދަ ހުއްދައިގެ ދަށުން ދަތުރު ކުރި ފަރާތްތަކެއްގެ ފަރާތުން އައްޑޫ ސިޓީގައި މީގެ ކުރިން ކޯވިޑް ފެތުރި އެތައް ބަޔަކު ޕޮޒިޓިވްވެ އެސިޓީއަށް އަރާ ފޭބުން މަނާ ކުރެވި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތައް ކުރިމަތިވެފައި ވަނިކޮށް، ބޭރުގެ ދެޤައުމަކަށް ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަރަންޓީނު ވުމެއް ނެތި އައްޑޫސިޓީއަށް ވަޑައިގަންނަވަން އުޅުއްވާތީ މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތުމާއެކު އެކަން ފާހަގަ ކުރާ ކަމަށެވެ.

“ރ.އުނގޫފާރުން ކޯވިޑް19ގެ ކޭސްތަކެއް ފެނުމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިކަމާ ހިތާމަ ފާޅުކޮށް، މި ބައްޔަށް ޕޮޒިޓިވްވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ. އަދި އުނގޫފާރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ސިއްޙީ ފަރުވާ ދިނުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ” އެ ބަޔާނުގައި ވެއެވެ. 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް