Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތިކިޖެހިތާނައިގެ މަޚްރަޖުތައް ދަސްވެ އެނގުމަކީ ކޮންމެ ދިވެއްސަކަށް ވެސް ކޮންމެހެން ބޭނުންކަމެއް: ޒައިދު

ތިކިޖެހިތާނައިގެ މަޚްރަޖުތައް ދަސްވެ އެނގުމަކީ ކޮންމެ ދިވެއްސަކަށް ވެސް ކޮންމެހެން ބޭނުންކަމެއް: ޒައިދު

ތިކިޖެހި ތާނައިން ދިވެހިންނާއި ޤުރްއާނާއި އޮތް ގުޅުން ވަރުގަދަ ކޮށްދޭ ކަމަށާއި އަދި ތިކިޖެހިތާނައިގެ މަޚްރަޖުތައް ދަސްވެ އެނގުމަކީ ކޮންމެ ދިވެއްސަކަށް ވެސް ކޮންމެހެން ބޭނުންކަމެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

ޒައިދު މިހެން ވިދާޅުވެފައި ވަނީ އޮންލައިން ނޫހެއްގައި ތިކި ޖެހި ތާނަ އުވާލުމާ ބެހޭ ގޮތުން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ތިކި ޖެހި ތާނައިގެ މައްސަލައިގައި ދިވެހި ޓީޗަރުންނާއި ބަހުގެ އަދީބުންނާއި ބަހަށް ލޯބި ކުރައްވާ ވަރަށް ގިނަ ބޭފުޅުންގެ ތެރޭގައި ދުވަސްވީ ބަހުސެއް ވަރަށް ފަހުން ހިނގައިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އާންމުންގެ މެދުގައި ދަނީ ހިޔާލު ތަފާތު ވަމުންނެވެ.

Advertisement
Ooredoo — Truecaller (box)

“ހަމަގައިމު ވެސް އަޅުގަނޑު، ﷲ ގެ އިރާދަފުޅާއެކު ތިކިޖެހި ތާނަ ހުއްޓައެއް ނުލާނަން! ތިކިޖެހިތާނައިން ދިވެހިންނާއި ޤުރްއާނާ އޮތް ގުޅުން ވަރުގަދަ ކޮށްދޭ! އަދި މިގުޅުމާ މެދު އަޅުގަނޑުމެން ވ. ފަޚުރުވެރިވަން!” ޒައިދު ވިދާޅުވިއެވެ. 

މީގެ އިތުރުން ޒައިދު ވިދާޅުވީ ‏އެއްޗެއް ނޭނގޭނަމަ އޮތް ޙައްލަކީ އެއެއްޗެއް އުނގެނި ދަސްކުރުން ކަމަށެވެ. އަދި ދިވެހިންނަކީ އިސްލާމްދީނާއި ކީރިތި ޤުރްއާނުގެ އަހުލުވެރިން ކަމަށެވެ. ޒައިދު ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ތިކިޖެހި ތާނަ އުވާލުމާ ދެކޮޅު ކަމަށެވެ.

https://twitter.com/alizaid1000/status/1373570915473186821?s=21

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް