Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުރާއިން މާލެ ގެނައި މީހަކު ފައްސިވެ، ރަށް މޮނިޓަރިން އަށް

ހުރާއިން މާލެ ގެނައި މީހަކު ފައްސިވެ، ރަށް މޮނިޓަރިން އަށް

ކ. ހުރާ އިން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ފައްސިވެ، ހުރާ މޮނިޓަރިންގެ ހާލަތަށް ގެެނެސްފިއެވެ.

ހުރާ ކައުންސިލްގެ ރައީސް އީސާ މުހައްމަދުއާ ހަވާލާދީ އޮންލައިން ނޫސް “ވަގުތު” ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ފައްސިވި މީހާ މާލެ ގެންގޮސްފައި ވަނީ، ޑޮކްޓަރުންގެ ލަފަޔާއެކު ރަށުން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށްޓަކައެވެ.އަދި އައިޖީއެމްއެޗްގެ އުސޫލުތަކާ އެއްގޮތަށް ހޮސްޕިޓަލަށް ގެންދިއުމުން ޓެސްޓު ކުރި ކަމަށާއި، ފައްސިވިކަން އެނގުނީ މިގޮތުން ޓެސްޓު ހެދުމުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ފައްސިވެފައި ވަނީ އުމުރުން 72 އަހަރުގެ ދިވެއްސެކެވެ.

Advertisement
Allied Insurance — Square (box)

މި މީހާއާ ފައްސިވި 11 މީހެއް މިހާތަނަށް ފާހަގަ ކުރެވިފައިވާއިރު، ތިން ގެޔެއް ވަނީ ކަރަންޓީނު ކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް