މުނިފޫހިފިލުވުން

ޝާހްރުކް ޚާން މީހަކާއި އިނދެގެން އުޅޭތީ ފާތިމާގެ ހިތް ވެސް ހަލާކުވެ، ވަރަށް ބޮޑަށް ރުއި!

ދެން އެމްވީ ، ދެން އޮންލައިން

އާމިރް ޚާން އާއެކު ކުޅުނު ފިލްމު "ޑަންގާލް" އިން އާއްމުންގެ ސަމާލުކަމަށް އައިސްފައިވާ ފާތިމާ ސަނާ ޝެއިކް ދާދި ފަހުން މިވަނީ އޭނާ އާއި ބެހޭގޮތުން ކުރިން އެހެން މީހަކަށް ނޭނގޭ ވާހަކަތަކެއް ހިއްސާ ކޮށްފައެވެ.

Ads by MWSC

އެގޮތުން ފާތިމާ ބުނެފައިވަނީ ބޮލީވުޑް ގެ ސުޕާސްޓާ ޝާހްރުކް ޚާން އުޅެނީ މީހަކާއި އިނދެގެންކަން އޭނާއަށް އެނގުނު ދުވަހު އޭނާގެ ހިތް ހަލާކުވި ކަމަށާއި އެކަމާއި އޭނާ ވަރަށް ބޮޑަށް ރުއި ކަމަށެވެ.

"އަހަންނަށް އެދުވަހު ހީވީ ހަަމަ އަހަރުމެން ބްރޭކަޕް ވިހެން. ވަރަށް ބޮޑަށް ރުއިން އެކަން އެނގުނު ދުވަހު" ފިލްމްފެއާއަށް މައުލޫމާތު ދެމުން ފާތިމާ ބުނެފައިވެއެވެ.

ނަމަވެސް މިއީ ފާތިމާ ފުރާވަރު އުމުރަށް ނުވަތަ ބޮޑު އަންހެނަކަށްވެފައި ހުއްޓާވީ ކަމެއް ނޫނެވެ. މިކަން ހިނގީ ފާތިމާގެ އުމުރުން އެންމެ ފަސް އަހަރުގައެވެ.

ފިލްމު "ވަން ޓޫ ކާ ފޯ" ގައި ފާތިމާ އާއި ޝާހުރުކް މަސައްކަތް ކުރީ އެކުގައެވެ. އެއިރު ފާތިމާ އަކީ ކުޑަ ކުއްޖެކެވެ. އެހެންކަމުން އޭނާ ގޮވައިގެން ކުޅެން ޝާހްރުކް ވެސް އުޅުނެވެ.

ނަމަވެސް ޝާހުރުކް އުޅުނީ ކައިވެނި ކޮށްގެންކަން އެކުޑަ ކުޑަ ފާތިމާއަށް އެނގުމުން، އޭނާ ވަރަށް ބޮޑަށް ހިތާމަ ކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!