Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

"އުދުހިގެން" އައި ޓިނުގަނޑަކުން މީހަކު ސަލާމަތްވީ ހަމަ ކިރިޔާ

"އުދުހިގެން" އައި ޓިނުގަނޑަކުން މީހަކު ސަލާމަތްވީ ހަމަ ކިރިޔާ

ގަދަ ވަޔާއެކު "އުދުހިގެން" އައި ޓިނުގަނޑަކުން މީހަކު ސަލާމަތް ވެއްޖެއެވެ.

މާލޭގައި ހިނގި މިހާދިސާގެ ވީޑިއޯއެއް މިހާރު އާންމު ވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން އުދުހިގެން އައި ޓިނުގަނޑެއް މަގުމައްޗަށް ވެއްޓޭ މަންޒަރެވެ.

ވަޔާ އުދުހިގެން އައި ޓިނުގަނޑު ވެއްޓުނީ ދުއްވަމުން އައި ޕީސީއެކްސް ސައިކަލެއްގެ ކުރިމައްޗަށެވެ. ސައިކަލު ދުއްވަން އިން މީހާ ވަނީ ޓިނުގަނޑު އައިސް ވެއްޓުމުގެ ކުރިން އެ ސައިކަލު ހުއްޓާފައެވެ. އެހެން ނޫންނަމަ އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނީސްކަމަށް ބެލެވެއެވެ.

Advertisement
Ooredoo — Truecaller (box)

މިއަދު މެންދުރުއްސުރެ މާލެއަށް ގަދަވަޔާއެކު ބޯކޮށް ވިއްސާރަ ކޮށްފައިވާއިރު، ބައެއް މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އަދި ބައެއް ތަންތަނަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މާލެއަށް ވިއްސާރަ ކުރަމުންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް