Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މީޑިއާނެޓުން ލިވަރޕޫލަށް ޖޯކު ޖަހާފައި ޕޯސްޓް ކުރުމުން އޯއެލްއެސްސީ މޯލްޑިވްސްއިން އެކަން ކުށްވެރިކޮށްފި

މީޑިއާނެޓުން ލިވަރޕޫލަށް ޖޯކު ޖަހާފައި ޕޯސްޓް ކުރުމުން އޯއެލްއެސްސީ މޯލްޑިވްސްއިން އެކަން ކުށްވެރިކޮށްފި

ތިކިޖެހި ތާނަ އުވާލައިފިނަމަ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކްލަބު ކަމަށްވާ "ލިވަރޕޫލް" ގެ ނަން "ލިވަރފޫލް" އަށް ބަދަލުވާނެ ކަމަށް ބުނެ މީޑިއާނެޓުން ކުރި ޕޯސްޓު، އޮފިޝަލް ލިވަރޕޫލް ސަޕޯޓާސް ކްލަބް (އޯއެލްއެސްސީ) މޯލްޑިވްސް އިން ކުށްވެރި ކޮށްފިއެވެ.

މީޑިއާނެޓުން ކުރި ޕޯސްޓާ ގުޅިގެން އޯއެލްއެސްސީ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފޭންކްލަބް ރަމްޒުކުރާ އިނގިރޭސިވިލާތުގެ ފުޓުބޯޅަ ޓީމުގެ ނަމާއި ލޯގޯއަށް ބަދަލު ގެނެސް، އެ ކްލަބަށް މަލާމާތް ރައްދުވާ ގޮތަށް މީޑިއާނެޓްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓާމެދު ހިތާމަ ފާޅުކޮށް، އެ ދަށު ދަރަޖައިގެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

https://twitter.com/OLSCMaldives/status/1374746081095913472?s=20

Advertisement
Allied — Dhen Online (box)

"މި ޢަމަލަކީ ޕްރިމިއާރ ލީގުގެ މެޗުތައް ރަސްމީކޮށް ރައިޓްސް ހޯދައިގެން ދައްކާ، ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޤަވާއިދުތަކާ އެއްގޮތަށް ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނީގެ ފަރާތުން ފެނިގެން ނުވާނެ ފަދަ ދަށު ދަރަޖައިގެ ޢަމަލެއް. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކުލަބުގެ ފިކުރީ މުދަލެއްގެ ޙައްޤަށް އަރައިގަތުން ވެސްމެ" އޯއެލްއެސްސީ މޯލްޑިވްސްގެ ބަޔާނުގައި ވެއެވެ.

މީޑިއާނެޓުން ކޮށްފައިވާ އެ ޕޯސްޓު ވީ އެންމެ އަވަހަކަށް ނަގައި ދިނުމަށް ވެސް އެދެމެން އޯއެލްއެސްސީ މޯލްޑިވްސްއިން ބުނީ ކުށެއް ކުރެވިއްޖެނަމަ އެކަމަށް މަޢާފަށް އެދުމަކީ އަޚްލާޤީ ގޮތުން ރީތި ސިފައެއް ކަމުގައި ހަނދުމަކޮށްދޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް