ޚަބަރު

މަޑުއްވަރިއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 8 މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރ. މަޑުއްވަރީއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު، އެރަށުން 8 މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ މާރިޗު މަހުގެ 24 ވަނަ ދުވަހު ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނާއި ރ. މީދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަޑުއްވަރިއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ 24 އަހަރުގެ ދެ ފިރިހެނުންނާއި 25 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ދެ ފިރިހެނުންނާއި 23 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށާއި ހައްޔަރު ކޮށްފައިވާ 8 މީހުންނަކީ ވެސް ދިވެހިން ކަމުގައި ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ބ. ކުޑަރިކިލު ފަޅުގައި އޮތް ދޯންޏެއް ބަލައި ފާސްކޮށްފައި ވާއިރު، މި ދޯނި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ވެސް ފެނިފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!