Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފެލިވަރުން 63 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެ

ފެލިވަރުން 63 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެ

ޅ.ފެލިވަރުން 63 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

އެ ރަށުން މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ފައްސި ކޭސްތައް ވަނީ ފެނިފައެވެ. އަދި މިދިޔަ ބުދަ ދުވަހު އެރަށުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19އަށް ފައްސިވުމުން އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ލައިފައެވެ. އެ ރަށުން އެންމެ ފުރަތަމަ ފައްސިވީ އެ އަތޮޅު ނައިފަރަށް ނިސްބަތްވާ މީހެކެވެ.

އެއަށްފަހު 01 މާރޗް އިން ފެށިގެން ފެލިވަރުގައި އުޅުމަށްފަހު އަތޮޅު ތެރެއަށް ދަތުރު ކޮށްފައިވާ ފަރާތްތަކުން ކަރަންޓީން ވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

Advertisement
HDC — Sidebar (box)

އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް ނައިފަރުން ޓީމެއް ވަނީ އެ ރަށަށް ގޮސްފައެވެ. އަދި  އެ ޓީމުން ވަނީ ގިނަ އަދަދެއްގެ ސާމްޕަލް ނަގާފައެވެ  އެގޮތުން މިދިޔަ ބުދަ ދުވަހު އެ ރަށުން 104 ސާމްޕަލް ނެގި އިރު އޭގެ ތެރެއިން 88 ނަތީޖާ ލިބުނުއިރު އޭގެ ތެރެއިން 66 މީހަކު ވަނީ ފައްސިވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް