Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހިތާދޫގައި ހޯމް ކަރަންޓީންގައި ހުރި މިހަކު ކޮވިޑަށް ފައްސިވެއްޖެ

ހިތާދޫގައި ހޯމް ކަރަންޓީންގައި ހުރި މިހަކު ކޮވިޑަށް ފައްސިވެއްޖެ

ބ. ހިތާދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ހެދި ފުރަތަމަ ޓެސްޓްގެ ނަތީޖާ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތިގައި ފައްސިވެފައި ވަނީ މާލެ އިން ހިތާދޫ އަށް ދިޔަ މީހުންގެ ތެރެއިން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާގެ ޓެސްޓް ހަދާފައި ވަނީ ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ކޮވިޑް-19 ސެންޓަރުގައި ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މީގެކުރިން އައްޑޫ ސިޓީ އާއި އއ. ތޮއްޑޫ އާއި ހދ. ނޮޅިވަރަމާއި ގއ. މާމެންދޫ އަދި ކ. ހިންމަފުށިން ވެސް ދިވެހިން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

މާލެއިން ރަށްރަށަށް ދާ މީހުންނަށް ރަށުތެރެއަށް ނިކުމެވެނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ކޮވިޑް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް